.webp&w=3840&q=75)
ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިން ފުލުސް އޮފީހަށް ހާޒިރުކޮށްފި

މުޙައްމަދު ފަޟްލޫން - 13 ނޮވެމްބަރު 2026 - 10:15
ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު މަޝްހޫރު ގާނޫނީ ވަކީލު އަލީ ހުސެއިން ފުލުސް އޮފީހަށް ހާޒިރުކޮށްފިއެވެ.
އަލީ ހުސެއިން ފުލުހަށް ހާޒިރުކޮށްފައިވާއިރު ރަސްމާލެ ބިން ޔޫއޭއީގެ އީގަލް ހިލްސް އަށް 99 އަހަރަށް ކުއްޔަށް ދިނުމާއި ދެކޮޅަށް ގައުމީ ހަރަކާތުން މިރޭ އާޓިފިޝަލް ބީޗްގައި ބާއްވަން ދަނީ ތައްޔާރުވަމުންނެވެ.
އަލީ ހުސެއިން އަކީ ރަސްމާލެ މަޝްރޫއު އީގަލް ހިލްސް އަށް ދިނުމާއި ދެކޮޅަށް އަޑުއުފުލަމުންގެންދާ ގައުމީ ހަރަކާތުގެ ތަރުޖަމާނެވެ.
ރަސްމާލެ އީގަލް ހިލްސް އަށް ދިނުމާއި ދެކޮޅަށް ބާއްވަން ނިންމާފައިވާ އެއްވުމާއި ގުޅިގެން ފުލުހުން ވަނީ ބަޔާނެއް ނެރެފައެވެ.
ބަޔާނުގައި ގާނޫނީ އިމުގެ ތެރެއިން އެއްވުންތައް ބާއްވަން ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
މިރޭ މާލޭގައި ބޭއްވުމަށް ރާވަމުންދާ އެއްވުމާ ގުޅޭގޮތުން، އެ އެއްވުމުގައި ބައިވެރިވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށާއި، އާންމު ދަތުރުފަތުރާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކާ ގުޅޭ އެއްވެސް މައުލޫމާތެއް މިހާތަނަށް އެއްވެސް ފަރާތަކުން ފުލުހުންނާ ހިއްސާކޮށްފައި ނުވާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
ކުރިން އެންގުމަކާ ނުލައި އެއްވުމަށް ހުއްދަކޮށްފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނަށް އެއްނުވުމަށާއި، އެ އެއްވުން ގާނޫނީ އިމުގެ ތެރެއިން ބޭއްވުމަށް އެ ހަރަކާތް އިންތިޒާމުކުރާ ފަރާތްތަކަށް ފުލުހުން ވަނީ އަންގާފައެވެ. އަދި މިފަދަ އެއްވުންތަކުގެ ސަބަބުން އާންމު ދަތުރުފަތުރަށާއި މަގުމަތިން ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ތަފާތު ދަތިތަކާ ކުރިމަތިލާން ޖެހޭތީ، އެއްވެސް ފަރާތަކަށް ދަތިނުވާނޭހެން ކަންކަން އިންތިޒާމު ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެއިތުރުން، މިރޭ ބާއްވާ އެއްވުމުގެ ތެރެއިން ޤާނޫނާއި ގަވާއިދާ ހިލާފު އެއްވެސް އަމަލެއް ހިންގައިފިނަމަ، އެކަމެއް ވަގުތުން ހުއްޓުވައި ފިޔަވަޅު އަޅާނެ ކަމަށްވެސް ފުލުހުންގެ ހިދުމަތުން ވަނީ ހާމަކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ޢަދާލަތު ޕާޓީ ޕީއެންސީއާ އިއްތިޙާދުވަނީ
5 ގަޑިއިރު ކުރިން

ޒަޔަނިސްޓުންނަށް އިޙްތިރާމްކުރުން މި ޤައުމުގައި ތަންފީޛެއް ނުކުރެވޭނެ: މަލީހް
6 ގަޑިއިރު ކުރިން

އިންފްލުއެންޒާ ފެތުރޭތީ ރައްކާތެރިވާން އެޗްޕީއޭއިން އިލްތިމާސްކޮށްފި
10 ގަޑިއިރު ކުރިން

ބަނގުރަލުގެ ބޮޑު ނެޓްވޯކެއްގައި ހަރަކާތްތެރިވާކަމަށް ތުހުމަތުކުރާ ރަޝްވާންގެ ބަންދު އިތުރު!
11 ގަޑިއިރު ކުރިން


