
ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް, ފޮޓޯ: ސޯޝަލް މީޑިއާ
ޒަޔަނިސްޓުންނަށް އިޙްތިރާމްކުރުން މި ޤައުމުގައި ތަންފީޛެއް ނުކުރެވޭނެ: މަލީހް

އާމިނަތު ޝަޒްލާ - 14 ނޮވެމްބަރު 2026 - 17:54
ޒަޔަނިސްޓުންނަށް އިޙްތިރާމްކުރަން ދިވެހިންނަށް ދަސްކޮށްދިނުމުގެ މަޤްޞަދުގައި މި ސަރުކާރުން ފަށާފައިވާ މަޝްރޫޢަކީ ދިވެހިރާއްޖޭގައި އެއްވެސް އިރެއްގައި ތަންފީޛުކުރެވޭނެ ކަމެއް ނޫން ކަމަށް ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް، ވިދާޅުވެއްޖެއެވެ.
މަލީހް މިހެން ވިދާޅުވީ މީސްމީޑިއާ މަންސަ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ. މަލީހް މިހެން ވިދާޅުވެފައިވަނީ ޤައުމީ ފެންވަރުގައި އިޙުތިރާމު އަދާކުރުމުގެ ގައުމީ ކެމްޕޭން ފެށުމަށް ބާއްވާ ރަސްމިއްޔާތު މިރޭ ފަށާނެކަމަށާއ، އަދި އެއަށްފަހު ހަވާއެރުވުން އޮންނާނެކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ.
މަލީހް ފާހަގަކުރެއްވި ގޮތުގައި، ޒަޔަނިސްޓުންނަށް އިޙްތިރާމްކުރަން ދަސްކޮށްދިނުމުގެ ނަމުގައި ހިންގާ މި ޙަރަކާތްތަކަކީ ރަސްމާލޭގައި ޒަޔަނިސްޓުން އާބާދުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން ކުރިއަށްގެންދާ ސިއްރު ރޭވުމެކެވެ.
މަލީހްގެ ޕޯސްޓުގައި އިތުރަށް ބަޔާންކުރައްވާފައިވަނީ، ދިވެހިރާއްޖޭގެ ބިމުގައި ޒަޔަނިސްޓުންނަށް ޖާގަދީ، އެމީހުންނަށް އިޙްތިރާމްކުރުމަށް ދިވެހި ރައްޔިތުންނަށް މަޖުބޫރުކުރުވުމަށް ހިންގާ އެންމެހައި ކަންކަން ވަގުތުން ވަގުތަށް ހުއްޓާލަންޖެހޭ ކަމަށެވެ. އަދި އަދަބާއި އިޙްތިރާމަކީ އަލުން އަނެއްކާވެސް ދިވެހިންނަށް އުނގަންނައިދޭންޖެހޭ ކަންކަމެއް ނޫން ކަމަށާއި، ދިވެހިންނަކީ ޒަމާނުއްސުރެ އަދަބު އިޙްތިރާމާއި ރިވެތި އަޚްލާޤަށް ލޯބިކުރާ، ސައްތައިން ސައްތަ މުސްލިމު ޤައުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. މިކަމުގެ ހެއްކެއްގެ ގޮތުން ދުނިޔޭގެ މަޝްހޫރު ދަތުރުވެރިޔާ އިބްނު ބަޠޫޠާ ރާއްޖެއާ ބެހޭގޮތުން ލިޔުއްވާފައިވާ ލިޔުއްވުންތައް މުތާލިއާކޮށް ބެލުމަށް މަލީހް ވަނީ ގޮވާލައްވާފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެންމެ ބިޔަ މަޝްރޫޢު ކަމަށްވާ ފުށިދިއްގަރުފަޅު ނުވަތަ "ރަސްމާލެ" މަޝްރޫޢާ ގުޅުވައިގެން، ބޭރުގެ އެކި ފަރާތްތަކަށް ބިން ދިނުމާއި އިންވެސްޓްމަންޓްތަކުގެ ނަމުގައި ޒަޔަނިސްޓުންނާ ގުޅުންހުރި މަސްލަޙަތުތަކަށް ޖާގަ ލިބިދާނެ ކަމުގެ ކަންބޮޑުވުން ސިޔާސީ ފަރާތްތަކުންނާއި އާންމުންދަނީ ފާޅުކުރަމުންނެވެ.
މަލީހް ތުހުމަތުކުރައްވާ ގޮތުގައި، ދިވެހިންގެ ސަޤާފަތާއި އިސްލާމީ ވަޙްދަތު ނައްތާލައި، އިސްރާއީލާއި ޒަޔަނިސްޓުންގެ ޙައްޤުތަކަށް ބޯލެނބުމަށް ރައްޔިތުންގެ ވިސްނުން ބަދަލުކުރުމަށް ސަރުކާރުން ކުރާ އެއްވެސް މަސައްކަތަކަށް ދިވެހި ޤައުމުން ޖާގައެއް ނުދޭނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ޢަދާލަތު ޕާޓީ ޕީއެންސީއާ އިއްތިޙާދުވަނީ
5 ގަޑިއިރު ކުރިން

އިންފްލުއެންޒާ ފެތުރޭތީ ރައްކާތެރިވާން އެޗްޕީއޭއިން އިލްތިމާސްކޮށްފި
10 ގަޑިއިރު ކުރިން

ބަނގުރަލުގެ ބޮޑު ނެޓްވޯކެއްގައި ހަރަކާތްތެރިވާކަމަށް ތުހުމަތުކުރާ ރަޝްވާންގެ ބަންދު އިތުރު!
11 ގަޑިއިރު ކުރިން

ކެފޭއެއްގެ ތެރޭގައި ދެ މީހަކަށް އަނިޔާކޮށް ބިރުދެއްކި މައްސަލައެއްގަ ތިން މީހަކު ހައްޔަރަށް!
11 ގަޑިއިރު ކުރިން


