logo

އަންނަ ހުކުރު ދުވަހުގެ ރޭ "ރަތްރޮނގު" ގެ ނަމުގައި ބޮޑު އެއްވުމެއް ހުޅުމާލޭގައި ބާއްވަނީ

profile

ރިޟްވާން މޫސާ - 15 ނޮވެމްބަރު 2026 - 09:09

ރަސްމާލޭގެ ބިން ބޭރުގެ ކުންފުންޏަކަށް ދިނުމާއި ގުޅޭގޮތުން އެކަންކަން ހުއްޓުވުމަށް ގައުމީ ހަރަކާތުން އިސްނަގައިގެން ކުރިއަށް ގެންދާ ސިލްސިލާ އެއްވުންތަކުގެ ތެރެއިން އަންނަ ހުކުރުދުވަހުގެ ރޭ ހުޅުމާލޭ ފޭސް2 ގައި ބޮޑު އެއްވުމެއް ބާއްވަން ނިންމައިފި އެވެ،

https://wamco.com.mv/

ގައުމީ ހަރަކާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ބައިވެރިެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ކުރީގެ ހޯމް މިނިސްޓަރ އަދި ގައުމީ ހަރަކާތގެ އެންމެ އިސް އެއް ފަރާތްކަމަށްވާ ޝެއިޙް އިމްރާން އަބުދުﷲ ވިދާޅުވީ ދެން އެންމެ ފުރަތަމަ މާލޭ ސަރަހައްދުގައި އެންމެ ބޮޑު އެއްވުމެއް ބާއްވަން ނިންމާފައިވަނީ އަންނަ ހުކުރު ދުވަހުގެރޭ ހުޅުމާލޭ ފޭސް 2ގައި ކަމަށެވެ.

ގައުމީ ހަރަކާތުން އެންމެ ފަހުން މާލޭ އާރޓފިޝަލް ބީޗުގައި ބޭއްވި ބޮޑު އެއްވުމަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ޝުއޫރު ފާޅުކުރަން އައި ކަމަށާއި، އެކަމުން އެނގިގެންދަނީ މުޅި ގައުމު ރައީސް މުއިއްޒަށާއި، ރަސްމާލޭގެ މައްސަލަ އަށް ނޫނެކޭ ބުނެފައިވާ ކަމަށެވެ.

އިމްރާން ވިދާޅުވީ އެންމެ ފަހުން ބޭއްވި އެއްވުމުގައިވެސް މޫސުން ތަން ނުދިނުމާއެކު މި އެއްވުން ބޭއްވިޔަ ނުދިނުމަށް ސަރުކާރުންވެސް ކުރެވެން އޮތް ހުރިހައި ކަމެއް ވެސް ކޮށްފައިވާ ކަމަށާއި، ނަމަވެސް އެއްވެ ތިބި ރައްޔިތުން ތިބީ ގޮތދޫނުކުރާ ގޮތަކަށް ނޫން ކަމަށެވެ.

އަދި ވިދާޅުވީ މިކަމުން އެނގިގެން ދަނީ ރައްޔިތުން ނިންމާފައިވާ ގޮތް ކަމަށާއި، ދިވެހި ރާއްޖޭގެ ބޮޑު އާބާދީއެއް ބޭނުންވަނީ ރަސްމާލެ ދިވެހިންގެ އަތްދަށުން ބޭރުގެ ބަޔަކަށް ދޫކުކޮށް ނުލުމަށް ކަމަށެވެ.

އިމްރާން މި މޭރުމުން ވިދާޅުވެފައިވާއިރު، ފާހަގަކޮށްލަންޖެހޭ ކަމަކީ މެރީނާ މަޝްރޫއެއް ހިންގުމުގެ ނަމުގައި ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލޭގެ ބިމުން ބޮޑު ބައެއް ދިނުމާ ގުޅިގެން ޒަޔަނިސްޓު ޔަހޫދީންނަށް ރާއްޖޭގައި ވަޒަންވެރިވެވުމުގެ ފުރުސަތު އޮތް ކަމަށް ބުނެ، ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިންނާއި އާންމުންގެ ގިނަ ބަޔަކުވެސް އަންނަނީ މިކަމާ މެދު ނުހަނު ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ނަމަވެސް އެ ފަރާތްތަކުގެ ވާހަކަތަކަށް ބީރު ކަންފަތެއް ދިނުމަށްފަހު، ސަރުކާރުން މި މަސައްކަތް ކުރަމުންދަނީ މި މަޝްރޫއު ވީހާވެސް އަވަހަށް ފެށުމަށެވެ.

https://wamco.com.mv/
tel:+9607331319