
ގާތް އެކުވެރިޔާ؛ ހަގީގީ ހެޔޮއެދޭ މީހަކީ ކާކު؟

އާމިނަތު ޝަޒްލާ - 15 ނޮވެމްބަރު 2026 - 13:25
އެކުވެރިކަމަކީ އިންސާނީ ދިރިއުޅުމުގެ މުހިންމު ބައެކެވެ. އުފަލާއި ހިތާމަ އަދި އަމިއްލަ ތަޖުރިބާތައް ހިއްސާކުރާނެ މީހަކު ހުރުމަކީ ދިރިއުޅުމުގެ މާނަ އިތުރުކޮށްދޭ ކަމެކެވެ. އެހެންނަމަވެސް، ގާތްކަމަށް ފެންނަ ކޮންމެ ގުޅުމަކީ އިޚްލާޞްތެރިކަމާއި އަޅާލުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމަކަށް ނުވެދާނެއެވެ.
ބައެއް ފަހަރު އަޅުގަނޑުމެން އެންމެ އިތުބާރުކުރާ މީހުންނަކީ އަޅުގަނޑުމެންގެ އެންމެ ސިއްރު ކަންކަމާއި، ކުރިމަތިވާ ގޮންޖެހުންތަކާއި، ކުރިމަގުގެ ރޭވުންތައް އެންމެ ރަނގަޅަށް އެނގޭ މީހުންނެވެ. މިފަދަ ތަފްޞީލުތައް ހިއްސާކުރުމަކީ އެކުވެރިކަމުގެ ތަބީޢީ ކަމަކަށް ވީނަމަވެސް، ފުންކޮށް ވިސްނާލުމެއް ނެތި އިތުބާރު ކުރުމަކީ ފަހުން ކުރިމަތިވާ ކޮންޖެހުންތަކަކަށް ވެސް ވެދާނެއެވެ.
ގާތް ގުޅުންތަކުގެ ތެރޭގައި ވެސް ބައެއް ފަހަރު ހަސަދަވެރިކަން އުފެދެއެވެ. ބައެއް މީހުން އަނެކާގެ ކާމިޔާބީތަކާ މެދު އުފާވާ ކަމަށް ދެއްކި ނަމަވެސް، ސިއްރިއްޔާތުގައި އެމީހުންގެ އަމިއްލަ ދިރިއުޅުމާ އަޅާކިޔާ ހަދައެވެ. ހިތްވަރު ދިނުމުގެ ބަދަލުގައި، އަމިއްލަ މަޢުލޫމާތު ފެތުރުމާއި، ނޭދެވޭ ފާޑުކިޔުމާއި، އަމިއްލަ ކަންކަން އެހެން މީހުންގެ ތެރޭގައި ދައްކައި ހަދައެވެ.
ދުޅަހެޔޮ ގުޅުމެއް ދެމެހެއްޓުމަށްޓަކައި ވަކި އިންތަކެއް ހުރުމުގެ މުހިންމުކަން ނަފްސާނީ އިލްމުވެރިން ފާހަގަކުރައްވައެވެ. ހިއްސާކުރާނީ ކޮން ކަމެއްކަމާއި، އެއީ ކާކާ ކަމާއި، އަދި ސިއްރުކޮށް ބަހައްޓާނީ ކޮން ކަންކަމެއްކަން ނިންމުމުގެ ފުރުޞަތު ކޮންމެ މީހަކަށްމެ ފަސޭހަކަމާއެކު އޮންނަންވާނެއެވެ.
ތެދުވެރި އެކުވެރިއެއްގެ އެންމެ މުހިންމު އެއް ނިޝާނަކީ، ތިބާ ނެތް ތަނުގައި އެމީހަކު އަމަލުކުރާ ގޮތެވެ. އިތުބާރު ހުރި މީހަކީ ތިބާގެ އަމިއްލަ ކަންކަމަށް އިޙްތިރާމްކޮށް، ތިބާގެ އަބުރު ދިފާޢުކޮށް، ތިބާގެ އަމިއްލަ ތަޖުރިބާތަކަކީ އެހެން މީހުންނާ ދައްކާ ވާހަކައަކަށް ނުހަދާ މީހާއެވެ.
ކޮންމެ ޚިޔާލުތަފާތުވުމަކީ ހަސަދަވެރިކަމެއް ނުވަތަ ބޭވަފާތެރިވުމެއް ކަމުގައި ނިންމުމަކީ ވެސް ރަނގަޅު ގޮތެއް ނޫނެވެ. އިޚްލާޞްތެރި އެކުވެރިކަމެއްގެ ތެރޭގައި ވެސް އޮޅުންއެރުންތަކާއި، ޚިޔާލުތަފާތުވުންތައް އަދި ދަތި ދަނޑިވަޅުތައް އަތުވެދާނެއެވެ. އެންމެ މުހިންމު ކަމަކީ ދެފަރާތުން ވެސް އިޙްތިރާމާއެކު މުޢާމަލާތްކޮށް، އިތުބާރު ދެމެހެއްޓުމެވެ.
މީހަކީ ގިނަ ދުވަސްވީ އެކުވެރިއަކަށް ވީތީ އެކަނި، ހުރިހާ ސިއްރެއް ހިއްސާކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. ގުޅުންތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމަކަށް ވާތީ، އަމިއްލަ ކަންކަންކަން ސިއްރުކޮށް ބެލެހެއްޓުމަކީ ނަފްސާނީ ދުޅަހެޔޮކަން ރައްކާތެރިކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.
އެހެން މީހުން ދައްކަފާނެ ވާހަކައަކަށް ފިކުރުކޮށް ވަގުތު ބޭކާރު ކުރުމުގެ ބަދަލުގައި، އަމިއްލަ ކުރިއެރުމަށާއި، އުފާވެރިކަމަށް އަދި ހިތްހަމަޖެހުމަށް ސަމާލުކަން ދޭށެވެ.
ހަނދާން ބަހައްޓަންވީ ކަމަކީ، ތެދުވެރި އެކުވެރިކަން މިނެކިރެނީ އެމީހަކަށް ތިބާގެ ދިރިއުޅުމުގެ ކަންކަން އެނގޭ މިންވަރަކުން ނޫނެވެ. އެހެނެއްކަމަކު، ތިބާ އިތުބާރުކޮށްފައި ހިއްސާކުރާ ކަންކަމަށް އެމީހަކު އިޙްތިރާމްކުރާ މިންވަރަކުންނެވެ.
އެކުވެރިވާށެވެ، ނަމަވެސް އިންތަކެއް ބަހައްޓާށެވެ. ސަބަބަކީ، ބައެއް ފަހަރު ތިބާގެ ހިތްހަމަޖެހުން ރައްކާތެރިކުރެވެން ފަށަނީ، ތިބާގެ ދިރިއުޅުމުގެ ހުރިހާ ކަމެއް އެނގުމުގެ ޙައްޤު ކޮންމެ ކޮންމެ މީހަކަށް ލިބިގެންނުވާކަން ދެނެގަތުމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

4-1 ގެ ބޮޑު ނަތީޖާއަކުން ޕޯޗުގަލް ބަލިކޮށް، ޑެންމާކުން ހައިރާންކުރުވަނިވި މޮޅެއް ހޯދައިފި
11 ގަޑިއިރު ކުރިން
.webp&w=3840&q=75)
އީރާނުން ބަހްރައިންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ހަމަލާދީފި
12 ގަޑިއިރު ކުރިން
ރިއަލްސްޓޭޓް ބިލް ފާސްކުރިޔަ ނުދޭން ކޮންމެ ރައްޔިތަކުވެސް އެ ދާއިރާއެއްގެ އެމްޕީ އަކަށް މެސެޖުކުރޭ: މައުރޫފް
12 ގަޑިއިރު ކުރިން

"އިޚުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ޖަލްސާއަށް ދިޔަ މީހުންގެ ފާޑުކިއުންތަކެއް!
12 ގަޑިއިރު ކުރިން


