
"އިޚުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ޖަލްސާއަށް ދިޔަ މީހުންގެ ފާޑުކިއުންތަކެއް!

ރިޟްވާން މޫސާ - 15 ނޮވެމްބަރު 2026 - 11:43
ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދިޔަ "އިޚުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" އިފްތިތާޙު ކުރުމަށް ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތަށް ހާޒިރުވި ބައެއް ފަރާތްތަކުން އެ ހަރަކާތައް ވަރަށް ބޮޑަށް ފާޑިކިޔަން ފަށައިފި އެވެ.
މި މަޝްރޫޢު އިފްތިތާޙު ކުރުމުގެ ޖަލްސާ ރޭ ބާއްވާފައިވާއިރު، ސަރުކާރުގެ ވުޒާރާތަކާއި، އެކި އިދާރާތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން މި ޖަލްސާއަށް ހާޒިރުވުމަށް އަންގާފައިވާކަން ވަނީ އެނގިފަ އެވެ.
އިހްތިރާމް ޖަލްސާ އަށް ދިޔަ ބައެއް ފަރާތްތަކުން މީސް މީޑިޔާގެ އެކި މަންސަތަކުގައި ވަނީ މި ޖަލްސާ އާއި ދެކޮޅަށް އިހުތިރާމް އަދާކުރުމާއި ބެހޭގޮތުން ފާޑުކިޔާފަ އެވެ.
ބައެއް ފަރާތްތަކުން ވަނީ އިހުތިރާމް އަދާކުރުމުގެ ނަމުގައި ސަރުކާރުން ބާއްވާ ޖަލްސާ އަކަށް އެއްވެސް އިހުތިރާމެއް ނެތް ގޮތަކަށް ގަދަ މަޖުބޫރު ކުރުވައި ވަޒީފާގެ ބިރު ދައްކަިއގެން ހާޒިރު ކުރަން އުޅުމަކީ އިހުތިރާމް ކުރުން ނޫން ކަމަށް ބުނެފަ އެވެ.
"އަސްލުޓީވީ" އަށް އެނގިފައިވާ ގޮތުގައި މި ޖަލްސާ އަށް އަތޮޅުތެރެއިން ވެސް ވަރަށް ގިނަ އަދަދެއްގެ މުއައްޒަފުން ވަނީ މާލެއަށް އައިސް މި ޖަލްސާގައި ބައިވެރިވެފަ އެވެ.
"އިހުތިރާމް ޖަލްސާ އަށް ގެންދަން މި ބުނަނީ މަޖުބޫރު ކޮށްގެން ގަދަކަމުން ކުރުވާ ކަމަކުން އިހުތިރާމް ލިބިދާނެތޯ؟ މިއީ ހަމަ އަޅުގަނޑު ތިޔަ ބޭފުޅުންނަށް ކުރާ ސުވާލެއް. އަޅުގަނޑުވެސް މިރޭ އެބަޖެހޭ އިހުތިރާމް ކުރަން ދާން."
ހާއްސަ ގޮތެއްގައި މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސް ވަރެއް ވުމާއެކު އޮފީހުގެ ރަސްމީ ގަޑި ނިމި އަމިއްލަ މަސައްކަތްތަކުގައި އުޅޭ ގަޑިއެއްގައި އެގޮތަށް މަޖުބޫރު ކުރުވައިގެން މުއައްޒަފުން ޖަލްސާ އަށް ހާޒިކުރުމަކީ ބަލައިގަނެވޭނެ ފަދަ ކަމެއް ނޫން ކަމަށް ބުނެ ސަރުކާރަށް ވަނީ ފާޑުކިއުންތައް އަމާޒުވެފަ އެވެ.
މީގެ އިތުރުން "އިޙްތިރާމް" ގެ ނަމުގައި ޤައުމީ ފެންވަރުގެ ބޮޑު ކެމްޕޭނެއް ފެއްޓެވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ ފުރަތަމަ އަމިއްލަފުޅު ނަފުސު އިޞްލާޙު ކުރައްވައިފިންތޯ ކަމަށް ސުވާލު އުފައްދަވައި، ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވެސް ވަނީ ސަރުކާރަށާއި ރައީސުލް ޖުމްހޫރިއްޔާ އަށްވެސް ފާޑުވިދާޅުވެފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

ގާތް އެކުވެރިޔާ؛ ހަގީގީ ހެޔޮއެދޭ މީހަކީ ކާކު؟
11 ގަޑިއިރު ކުރިން

4-1 ގެ ބޮޑު ނަތީޖާއަކުން ޕޯޗުގަލް ބަލިކޮށް، ޑެންމާކުން ހައިރާންކުރުވަނިވި މޮޅެއް ހޯދައިފި
11 ގަޑިއިރު ކުރިން
.webp&w=3840&q=75)
އީރާނުން ބަހްރައިންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ހަމަލާދީފި
12 ގަޑިއިރު ކުރިން
ރިއަލްސްޓޭޓް ބިލް ފާސްކުރިޔަ ނުދޭން ކޮންމެ ރައްޔިތަކުވެސް އެ ދާއިރާއެއްގެ އެމްޕީ އަކަށް މެސެޖުކުރޭ: މައުރޫފް
12 ގަޑިއިރު ކުރިން


