ރިއަލްސްޓޭޓް ބިލް ފާސްކުރިޔަ ނުދޭން ކޮންމެ ރައްޔިތަކުވެސް އެ ދާއިރާއެއްގެ އެމްޕީ އަކަށް މެސެޖުކުރޭ: މައުރޫފް

ރިޟްވާން މޫސާ - 15 ނޮވެމްބަރު 2026 - 11:46
ދުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލެ ދިނުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ނިންމާފައިވާ ރިއަލްސްޓޭޓްގެ ބިލް ފާސްކުރިޔަ ނުދިނުމަށާއި، އެކަންކަން ކުރުން ހުއްޓުވައިދިނުމަށް އެދި ކޮންމެ ރައްޔިތަކު ވެސް އެ ދާއިރާއެއްގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރަށް މެސެޖުކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ގޮވާލައްވައިފި އެވެ.
މައުރޫފް މިފަދައިން ގޮވާލެއްވެވީ މިއަދު ބޭއްވި ގައުމީ ހަރަކާތުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
މައުރޫފް ވިދާޅުވީ މިއަދުގެ ރައީސުލް ޖުމްހޫރިއްޔާއަކަށް ހުންނެވި ރައީސް ޑރ މުޙައްމަދު މުއިއްޒަކީ ނާގާބިލް ވެރިއެއް ކަމަށާއި، ރަސްމާލޭގެ ބިން ބޭރުގެ ބަޔަކަށް ދޫކޮށްލުމަށް އެމަނިކުފާނު ކުރައްވަމުންގެންަވާ މަސައްކަތްތަކަކީ ގާސްތުގައި ނަމަވެސް ނުވަތަ ނޭނގި ހުރެ ނަމަވެސް ގައުމަށް ކުރެވޭ ބޮޑު ހިޔާނާނެއް ކަމަށެވެ.
މައުރޫފް ވަނީ ރައްޔިތުންގެ މަޖިލީހަކީ ވަކި މީހަކު ކޮންޓްރޯލްކުރާ ނުވަތަ ވަކި ފަރާތެއްގެ ބާރުގެ ދަށުގައި އޮންނަ ތަނަކަށް ވެގެންނުވާނެ ކަމަށާއި، ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ ތިންވަނަ ބާރު ކަމަށެވެ. އަދި މެންބަރުންގެ ގޮނޑި ގެއްލިދާނެ ކަމަށް ވެސް ބިރު ނުގަތުމަށާއި، ގައުމަށް ފައިދާހުރި ގޮތުގައި ކަންކަން ނިންމެވުމަށެވެ.
މި ބައްދަލުވުމުގައި މައުރޫފް ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެ މެންބަރުންނަކީ ގާނޫނީ ހުވައެއްކޮށްގެންތިބި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކޮށްދެއްވަންޖެހޭ މުހިންމު ބައެއްކަން ހަނދާންކޮށްދެއްވާފަ އެވެ.
މައުރޫފް ވިދާޅުވީ މިފަދަ ބިލެއް ރައްޔިތުންނާއި ދެކޮޅަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް މަސައްކަތްކުރުމަކީ ވެސް އެބޭފުޅުން ކުރެއްވެވި ހުވަޔާވެސް ޙިލާފުވާނެ އަމަލެއް ކަމަށާއި، މިފަދަ ކަމެއް ނުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ހުރިހައި މެންބަރުންނަށް ވެސް ވަރަށް އިހުތިރާމް ކުރައްވާކަން ފާހަގަކުރައްވަމުން މައުރޫފް ވިދާޅުވީ ރަސްމާލޭގެ މަޝްރޫއު ހުއްޓުވުމަށާއި، ރައީސުލް ޖުމްހޫރިއްޔާ އަކަށް ހުންނެވި ބޭފުޅަކު ވެސް ހަމަ މަގަށް އެޅުވުމުގެ ބާރުވެސް އޮތީ ރައްޔިތުންގެ މަޖިލީހުގައި ކަމަށާއި، ޒިންމާ ނެންގެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ރިއަލްސްޓޭޓް ބިލް ރައްޔިތުންގެ މަޖިލީހުން ފާސް ނުކުރުމަށް އެދި އެ ރައްޔިތަކު ނިސްބަތްވާ ދާއިރާއެއްގެ މެންބަރަކަށް އެރައްޔިތަކު މެސެޖުކޮށް ހަނދާން ކޮށްދިނުމަށް ގޮވާލާފައިވާއިރު ކުރީގެ ހޯމް މިނިސްޓަރ އިމްރާން އަބުދުﷲ ވަނީ އެމަނިކުފާނު ނިސްބަތްވާ ދާއިރާގެ މެންބަރަށް މެސެޖު ކުރުމަށްފަހު އެ މެސެޖުގެ ސްކްރީޝޮޓެއް މީސްމީޑިޔާގައި ހިއްސާކުރައްވާފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

ގާތް އެކުވެރިޔާ؛ ހަގީގީ ހެޔޮއެދޭ މީހަކީ ކާކު؟
11 ގަޑިއިރު ކުރިން

4-1 ގެ ބޮޑު ނަތީޖާއަކުން ޕޯޗުގަލް ބަލިކޮށް، ޑެންމާކުން ހައިރާންކުރުވަނިވި މޮޅެއް ހޯދައިފި
11 ގަޑިއިރު ކުރިން
.webp&w=3840&q=75)
އީރާނުން ބަހްރައިންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ހަމަލާދީފި
12 ގަޑިއިރު ކުރިން

"އިޚުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ޖަލްސާއަށް ދިޔަ މީހުންގެ ފާޑުކިއުންތަކެއް!
12 ގަޑިއިރު ކުރިން


