
ވޯޓު ފޮށި ބަންދުކޮށްފައި---
ބައި-އިލެކްޝަންތަކުގެ ވޯޓު ފޮށިތައް ބަންދުކޮށް، ނަތީޖާ ގުނަން ފަށައިފި

ޖިނާން ޙުސައިން ޖަބީން - 28 ނޮވެމްބަރު 2026 - 12:55
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ހުސްވެފައިވާ މަގާމުތަކަށް މެންބަރުން އިންތިހާބުކުރުމަށް މިއަދު ބޭއްވި ބައި-އިލެކްޝަންތަކުގެ ވޯޓުލުން ނިންމާލުމަށްފަހު، ވޯޓު ފޮށިތައް ބަންދުކޮށް ނަތީޖާ ގުނުމުގެ މަސައްކަތް ފަށައިފިއެވެ.
މި އިންތިހާބުތަކުގެ ވޯޓުލުން ކުރިއަށްދިޔައީ މިއަދު ހެނދުނު 08:00 އިން ހަވީރު 16:00 ގެ ނިޔަލަށެވެ. ވޯޓުލުމަށް ކަނޑައެޅިފައިވާ ވަގުތު ހަމަވުމާއެކު، ވޯޓު ފޮށިތައް ބަންދުކޮށް، ބައެއް ފޮށިތަކުގެ ވޯޓު ގުނުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
މި ބައި-އިލެކްޝަންގައި، ވ. ތިނަދޫ ކައުންސިލް ރައީސްގެ ހުސްވެފައިވާ މަގާމާއި، ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ ހުސްވެފައިވާ މަގާމުގެ އިތުރުން ވ. ތިނަދޫ އަދި އައްޑޫ ހުޅުދޫ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން ހޮވުމަށް ވަނީ ހަމަޖެހިފައެވެ.
މި އިންތިހާބުގައި ޖުމްލަ 10 ވޯޓު ފޮއްޓެއް ބަހައްޓާފައިވެއެވެ. އެއީ އަތޮޅުތެރޭގައި ބެހެއްޓި 5 ވޯޓު ފޮށްޓާއި، މާލެ ސަރަހައްދުގައި ބެހެއްޓި 5 ވޯޓު ފޮށްޓެވެ. މިއަދުގެ އިންތިހާބުތަކުގައި ޖުމްލަ 3،776 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި، އިންތިހާބުގެ ކަންކަން އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް 81 އޮފިޝަލުން 100 އަށްވުރެ ގިނަ މޮނިޓަރުންނާއި، އޮބްޒާވަރުންގެ އިތުރުން ކެންޑިޑޭޓުންގެ މަންދޫބުން ވަނީ ހަރަކާތްތެރިވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

މިހާރު ކުރިއަށްދާ ބައި-އިލެކްޝަންގައި ވޯޓުލާން ނުކުންނަ މީހުންގެ އަދަދު ނިސްބަތުން މަދު!
15 ގަޑިއިރު ކުރިން

ކައުންސިލް އިންތިހާބުގެ ބައި-އިލެކްޝަންގައި ވޯޓުލުމުގެ ހައްގު 4،429 މީހުންނަށް
2 މަސް ކުރިން

އީސީގެ ރައީސް ޝަކީލުގެ މައްސަލައެއް ފުލުހަށް ހުށަހަޅަނީ
2 މަސް ކުރިން

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފި
7 މަސް ކުރިން


