logo
ވޯޓުލުމުގެ ކަންކަން ކުރިއަށްދަނީ---

ވޯޓުލުމުގެ ކަންކަން ކުރިއަށްދަނީ---

މިހާރު ކުރިއަށްދާ ބައި-އިލެކްޝަންގައި ވޯޓުލާން ނުކުންނަ މީހުންގެ އަދަދު ނިސްބަތުން މަދު!

profile

ޖިނާން ޙުސައިން ޖަބީން - 28 ނޮވެމްބަރު 2026 - 11:33

މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންގައި ވޯޓުލާން ނުކުންނަ މީހުންގެ އަދަދު ނިސްބަތުން މަދު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

https://wamco.com.mv/

އީސީގެ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މިއަދުގެ 14:00 އާއި ހަމައަށް ވޯޓުލާން ނުކުމެފައިވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 31.89 އިންސައްތަ މީހުންނެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 3،776 މީހުންގެ ތެރެއިން މިހާތަނަށް ވޯޓު ލާފައިވަނީ 1،204 މީހުންނެވެ. އެއީ 560 އަންހެނުންނާއި 644 ފިރިހެނުންނެވެ. އެހެންކަމުން ޖުމުލަ ވޯޓުނުލާ މީހުންގެ އަދަދު 2،572 އަރައެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 1،809 އަންހެނުންނަށާއި 1،967 ފިރިހެނުންނަށް ލިބިގެންވެއެވެ.

މި އިންތިހާބުގެ ވޯޓުލުމަށް މާލެ ސަރަހައްދުގައި 5 ވޯޓުފޮށި އަދި އަތޮޅު ތެރޭގައި 5 ވޯޓުފޮށި ބަހައްޓާފައިވާއިރު، 100 އަށްވުރެ ގިނަ މޮނިޓަރުންނާއި، އޮބްޒާވަރުންގެ އިތުރުން ކެންޑިޑޭޓުންގެ މަންދޫބުން ހަރަކާތްތެރިވުމަށް ވަނީ ހަމަޖެހިފައެވެ.

މިހާރު ކުރިއަށްދާ ބައި-އިލެކްޝަންގައި، ވ. ތިނަދޫ ކައުންސިލުގެ ރައީސްގެ މަގާމަށް މެންބަރަކު އިންތިހާބު ކުރުމަށާއި، ވ. ތިނަދޫއާއި ހއ. ވަށަފަރުގެ އިތުރުން އައްޑޫސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި އިންތިހާބުގެ ވޯޓުލުމުގެ ކަންކަން މިއަދު ހަވީރު 16:00 އާއި ހަމައަށް ކުރިއަށްދާނެއެވެ.

https://wamco.com.mv/
tel:+9607331319