logo

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފި

profile

މުޙައްމަދު ފަޟްލޫން - 06 މޭ 2026 - 08:29

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް، ކެންޑިޑޭޓް ނަންބަރު އިލެކްޝަންސް ކޮމިޝަނުން މިއަދު ރަސްމީކޮށް އިޢުލާންކޮށްފިއެވެ.

https://wamco.com.mv/

އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިހަބުގައި ވާދަކުރައްވަނީ ދެ ބޭފުޅުންނެވެ.

ގުރުއަތުން ނަންތައް ތަރުތީބުވެގެންދިޔަ ގޮތަކީ:

ކެންޑިޑޭޓް ނަމްބަރު 1 އަޙްމަދު ސައީދު (ސޮޑާ): ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) - މިހާރުގެ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު.

ކެންޑިޑޭޓް ނަމްބަރު 2 ޢަބްދުﷲ ޞާދިޤު (ސޯބެ): މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) - އައްޑޫ ސިޓީގެ ކުރީގެ މޭޔަރު.

މި ދާއިރާގެ ގޮނޑި ހުސްވީ، ކުރިން މެންބަރުކަމުގައި ހުންނެވި މުޙައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތުމުގެ ސަބަބުން، އޭނާގެ މެންބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ޙުކުމް ކުރުމާ ގުޅިގެންނެވެ. ސިނާންގެ މެންބަރުކަން ގެއްލުނީ އިސްލާމިކް ބޭންކުން ނެގި ލޯނަކަށް ދައްކަންޖެހޭ 2.5 މިލިއަން ރުފިޔާ، ކޯޓުން ކަނޑައެޅި މުއްދަތުގައި ދައްކާފައި ނުވާތީއެވެ.

އިންތިޚާބަށް ކެންޑިޑޭޓުން ކަނޑައެޅިގެންދިޔަ ގޮތަށް ބަލާއިރު، އެމްޑީޕީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމުން ކުރިމަތިލެއްވީ ހަމައެކަނި ޢަބްދުﷲ ޞާދިޤެވެ. ޕީއެންސީގެ ޓިކެޓަށް ބޭއްވި ޕްރައިމަރީ ކާމިޔާބު ކުރެއްވީ ސިނާން ނަމަވެސް، ފަހުން އޭނާ ޓިކެޓު ދޫކޮށްލެއްވުމާ ގުޅިގެން އެ ޕާޓީން ޓިކެޓު ދިނީ އަޙްމަދު ސައީދަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk