logo

ކަނޑު ފޭރުމުގެ އަމަލުތަކާ ދެކޮޅަށް މަސައްކަތްކުރާ ދެކުނު ކޮރެއާގެ ފައުޖަށް އީރާނުގެ އިންޒާރެއް!

profile

ރިޟްވާން މޫސާ - 28 ނޮވެމްބަރު 2026 - 06:23

ދެކުނު ކޮރެއާގެ ކަނޑުގެ ސިފައިންގެ ފައުޖެއްކަމަށްވާ ޗިއޮންހައެގެ ހަރަކާތްތައް ޢުމާން ކަނޑުގެ ބޭރު ސަރަހައްދުތަކަށް ފުޅާކުރުމަށް އެ ގައުމުން ނިންމާފައިވާ ނިންމުމާއި ގުޅޭގޮތުން އީރާނުން ވަރުގަދަ އިންޒާރެއްދީފި އެވެ.

https://wamco.com.mv/

އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާގްޗީ ވަނީ، ގަލްފު ސަރަހައްދުގައި ބޭރުގެ އަސްކަރީ ބާރުތައް ހަރަކާތްތެރިވުމަކީ މަސްލަހަތު ގޯސްވެ، ހަމަނުޖެހުންތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.

ކަނޑު ފޭރުމުގެ އަމަލުތަކާ ދެކޮޅަށް މަސައްކަތްކުރާ ދެކުނު ކޮރެއާގެ ކަނޑުގެ ސިފައިންގެ ފައިޖުގެ މައިގަނޑު ޒިންމާއަކީ ދެކުނު ކޮރެއާގެ ރައްޔިތުންގެ ސަލާމަތާއި، އެ ގައުމުގެ އިގްތިސާދީ މަސްލަހަތުތައް ހިމާޔަތްކުރުމެވެ. މި ފައުޖަކީ 2009 ވަނަ އަހަރުން ފެށިގެން އަދަން ކަނޑުއޮޅީގައި ހަރަކާތްތެރިވަމުން އަންނަ ފައުޖެކެވެ.

ދެކުނު ކޮރެއާގެ ގާނޫނުހަދާ މަޖިލީހުން މިހާރު ދަނީ، ޗިއޮންހައެ ފައުޖުގެ މަސައްކަތްތައް ޢުމާން ކަނޑުގެ ބޭރު ސަރަހައްދުތަކަށް ފުޅާކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުމެއް ދިރާސާކުރަމުންނެވެ.

ސޯލްގައި ހުންނަ އީރާނުގެ އެމްބަސީން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވާގޮތުން، ޢަރާގްޗީ މިހެން ވިދާޅުވީ ބުރާސްފަތި ދުވަހު ދެކުނު ކޮރެއާގެ ޚާރިޖީ ވަޒީރު ޗޯ ހްޔުން އާއެކު ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ފޯނު ކޯލުގައި ޗޯ ވަނީ، އެއްވެސް ހަނގުރާމައެއްގައި ބައިވެރިވުމުގެ ނުވަތަ ގަލްފު ސަރަހައްދަށް ސިފައިން ފޮނުވުމުގެ އެއްވެސް ނިޔަތެއް ދެކުނު ކޮރެއާގެ ނެތްކަމުގެ ޔަގީންކަން ދެއްވާފައެވެ.

https://wamco.com.mv/
tel:+9607331319