logo
ދަނގެތީގައި ސްޓެލްކޯއިން ޤާއިމު ކުރި ފެން އިސްކުރުތައް

ދަނގެތީގައި ސްޓެލްކޯއިން ޤާއިމު ކުރި ފެން އިސްކުރުތައް

ފެނަށް ޖެހިފައިވާ ދަނގެތީ ރައްޔިތުންނަށް ސްޓެލްކޯގެ އެހީތެރިކަން!

profile

އަހުމަދު ޒަލީފު - 23 ޖެނުއަރީ 2023 - 16:40

އދ. ދަނގެތީގެ ރައްޔިތުންނަށް ބޯފެން ލިބުމަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގައި ސްޓެލްކޯއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

https://wamco.com.mv/

އެގޮތުން، ވަގުތީ އިސްކުރުބަރިއެއް މެދުވެރިކޮށް، ދަނގެތީގައި ޤާއިމްކޮށްފައިވާ ފެން ޕްލާންޓުން އާންމު ބޭނުންތަކަށް ފެން ދޫކުރަން މިއަދު ވަނީ ފަށާފައެވެ

އދ. ދަނގެތީގެ ރައްޔިތުންނަށް ބޯފެން ލިބުމަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދާދިނުމުގެ ގޮތުން ވަގުތީ އިސްކުރުބަރިއެއް މެދުވެރިކޮށް، ދަނގެތީގައި ގާއިމްކޮށްފައިވާ ފެން ޕްލާންޓުން އާންމު ބޭނުންތަކަށް ފެންދޫކުރަން ވަނީ ފަށާފައި. pic.twitter.com/A11wcBGCHy

— STELCO (@STELCOMALDIVES) January 23, 2023

އެރަށުގައި ފެން އުފެއްދުމަށް ބަހައްޓާފައި ހުރި ޕްލާޓްތަކަކީ ހިންގުމުގެ ޙަރަދު ބޮޑު ޕްލާންޓްތަކެއްކަމުން އެ ޕްލާންޓްތައް އަންއިސްޓޯލްކޮށް އިތުރު ދެ ޕްލާންޓް ބެހެއްޓުމުގެ މަސައްކަތް ސަރުކާރުން ވަނީ ސްޓެލްކޯއާ ހަވާލުކޮށްފައެވެ. އަލަށް އިންސްޓޯލްކުރި ދެ ޕްލާންޓް މެދުވެރިކޮށް ފެނުގެ ޙިދުމަތް ނުދެވި ލަސްވަނީ އަޅާފައި އޮތް މައި ހޮޅިން ރަށުގެ އެކި ސަރަޙައްދުތަކަށް ފެންލީކްވާތީއެވެ. އެ މައްސަލަ ހައްލުކޮށް ހޮޅިލައިން ބަދަލުކުރުމަށް ކައުންސިލާ ސްޓެލްކޯ އާ ޕްލޭނިންގ މިނިސްޓްރީ ގުޅިގެން މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

ދަނގެތީ ރައްޔިތުންނަށް ފެން ފޯރުކޮށްދިނުމަށް ސްޓެލްކޯއިން މިކަމަށް އިސްނެގީ ކައުންސިލްގެ އެދުމުގެ މަތިންނެވެ. މި އިސްކުރުބަރީގައި ދިހަ އިސްކުރު މެދުވެރިކޮށް ފެން އެރަށު ރައްޔިތުންނަށް އަންނަނީ ފޯރުކޮށްދެމުންނެވެ. މި ޙިދުމަތް ފޯރުކޮށްދެނީ ހެނދުނު ހަތަކުން ދިހައަކަށެވެ. އަދި ހަވީރު ހަތަރަކުން ރޭގަނޑު ހަޔަކަށެވެ. މިކަމަށް ރައްޔިތުންގެ އަތުން އެއްވެސް ފީއެއް ނުނަގައެވެ.

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް އުފެއްދީ 19 ޖޫން 1997ގައެވެ.

https://etukuri.mv/
https://www.aslu.com.mv