logo

ރާއްޖޭގައި ދުންފަތް އުފެއްދުމަކީ މަނާކަމެއްކަން އަންގައި ހެލްތު މިނިސްޓްރީން ފޮނުވި ސިޓީ ލީކުވެއްޖެ

profile

ޒިދާން މުޙައްމަދު - 02 ޖެނުއަރީ 2025 - 16:02

ރާއްޖޭގައި ދުންފަތް އުފެއްދުމަކީ މަނާކަމެއްކަން އަންގައި މިނިސްޓްރީ އޮފް ހެލްތުން މޯލްޑިވްސް ކަސްޓަމްސްއަށް ފޮނުވި ސިޓީ ލީކުވެއްޖެއެވެ.

https://wamco.com.mv/

ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ސިޓީގެ ސައްހަކަން "އަސްލު" ނޫހަށް ވަނީ ކަށަވަރުވެފައެވެ.

މައުލޫމާތު ލިބުނު ގޮތުގައި، މިސިޓީ ލީކުވި މައްސަލަ ކަމާ ބެހޭ ފަރާތްތަކުން ދަނީ ބަލަމުންނެވެ.

އެ ސިޓީގައި ބުނެފައި ވަނީ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އެއްވަނަ އިސްލާހުގައި، އެ ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން ރާއްޖޭގައި އެއްވެސް މިންވަރަކަށް ދުންފަތް އަދި ދުންފަތުގެ ބާވަތްތައް އުފެއްދުމަކީ މަނާކަމެއް ކަމަށެވެ.

އެ ގާނޫނުގެ 42 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ގޮތުގައި، "ދުންފަތުގެ ބާވަތްތައް" ކަމަށް ބުނެފައި ވަނީ ދުންފަތާއި ދުންފަތުގެ ތަނޑި އާއި ނިކޮޓިން އާއި އެ ތަކެތި ހިމަނައިގެން ތައްޔާރުކޮށްފައި ހުންނަ ތަކެއްޗަށެވެ. އަދި އެއިން އެއްވެސް ބާވަތެއް، އެއްވެސް މިންވަރަކަށް ހިމެނޭ އެއްޗެއް، ހަފައިގެން، ބޮއެގެން، ވަސްދަމައިގެން، ހަށިގަނޑުގެ ތަނެއްގައި ތަތްކޮށްގެން، ޖައްސައިގެން ނުވަތަ އުނގުޅައިގެން ވިޔަސް، ހަށިގަނޑަށް ވާސިލުވާ ގޮތަށް ތައްޔާރުކޮށްފައިވާ ކޮންމެ އެއްޗަކީ ދުންފަތުގެ ބާވަތެއް ކަމަށް ވެސް އެ ގާނޫނުގައި ބުނެފައިވެއެވެ.

އެގޮތަށް ބަޔާންކޮށްފައިވީ ނަމަވެސް، ދުންފަތުން ދުރުހެލިވުމަށް "ސެޒޭޝަން" ފަރުވާގެ ތެރެއިން ދެވޭ އަދި ކަމާ ބެހޭ ފަންނީ އިދާރާތަކުން ކަނޑައަޅައި ހުއްދަކޮށްފައިވާ ނިކޮޓިން ރިޕްލޭސްމަންޓް ތެރަޕީ ނުވަތަ ފަރުވާގެ ގޮތުގައި ބޭނުންކުރާ މި ކަހަލަ އެހެން ބާވަތްތައް މި ގާނޫނުގެ ބޭނުމަށް ދުންފަތުގެ ބާވަތްތައް ކަމަށް ނުބެލެވޭ ކަމަށް ބުނެފައިވެއެވެ.

އެހެންކަމުން، ދުންފަތުގެ ބާވަތެއް އުފެއްދުމަކީ މަނާކަމެއް ކަމުގައި ވާތީ، ދުންފަތުގެ އެއްވެސް ބާވަތެއް އުފެއްދުމަށް ބޭނުންކުރާ އެއްޗެއް ނުވަތަ އާލާތެއް އެއްވެސް ފަރާތަކުން އެތެރެކޮށްފި ނަމަ، އެ ތަކެތި ހިފަހައްޓައި ނައްތާލުމަށް ދަންނަވާ ކަމަށް ހެލްތުން ކަސްޓަމްސްއަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

"ދުންފަތް އުފެއްދުން" ކަމަށް އެ ގާނޫނުގައި ބުނެފައި ވަނ،ީ ވައ،ި އަވި އަދި އަލިފާނުގެ ހޫނުން ދުންފަތް ހިއްކުން ނުވަތަ އެ ނޫން ވެސް ގޮތަކަށް ދުންފަތް އުފެއްދުމުގައި ބޭނުންކުރުމަށް ދުންފަތުގެ ތާޒާ ފަތް އެކި ގޮތްގޮތަށް ތައްޔާރުކުރުމަށެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay