
އަސްލު ޓީވީ "އަހަރީ ބޮޑު އިނާމު" ގެ އަށްވަނަ ހަފްތާގެ ނަސީބުވެރިޔާ ހޮވައިފި

މުޙައްމަދު ފަޟްލޫން - 22 މާރިޗު 2026 - 19:24
އަސްލު ޓީވީ "އަހަރީ ބޮޑު އިނާމު" ގެ އަށްވަނަ ހަފްތާގެ ނަސީބުވެރިޔާ ހޮވައިފި އެވެ.
އަސްލު ޓީވީ އަހަރީ ބޮޑު އިނާމަކީ އަސްލު ޓީވީން ކޮންމެ ހަފްތާއަކުވެސް ގެނެސްދެމުން އަންނަ ސުވާލަށް ރަނގަޅު ޖަވާބު ދެއްވާ ފަރާތް ތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ދޭ ހާއްސަ އިނާމެކެވެ.
ޖުލައި 25 އާ ހަމައަށް ކޮންމެ ހަފްތާއެއްގެ ސުވާލަށް ރަނގަޅު ޖަވާބު ދިމާކުރައްވާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވޭ ފަރާތަކަށް ވަނީ އަގުހުރި އިނާމު ތަކެއް ކަނޑައެޅިފައެވެ.
އަސްލުޓީވީގެ އަހަރީ ބޮޑު އިނާމްގެ އަށްވަނަ ހަފްތާގެ ސުވާލުގެ ޖަވާބު ދިމާކުރި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނީ ގއ ވިލިނގިލި ޝަހީބާ އަބްދުލް އަޒީޒް އެވެ.
އަށްވަނަސުވާލުގެ ޖަވާބު ހުށަހެޅުމުގެ ސުންގަޑި ނިމި ގުރުއަތު ނަގާފައިވާއިރު މިހާރު ވަނީ ނުވަވަނަ ހަފްތާގެ ސުވާލު ބެލުންތެރިންނަށް ދޫކޮށްލާފަ އެވެ.
އަސްލު ޓީވީގެ އަހަރީ ބޮޑު އިނާމުގެ ހަފްތާގެ ސުވާލު ތަކާއި، ސުންގަޑި ހަމަވުމުން އެސު ވާލުތަކުގެ ޖަވާބު އަދި ކޮންމެ ހަފްތާއަކުވެސް ހޮވޭ ނަސީބުވެރި ފަރާތެއް އަސްލުޓީވީން އަދި އަސްލު ޓީވީގެ ފޭސްބުކް އާއި އިންސްޓަރގްރާމް އަދި ޓިކްޓޮކް އިން ފެންނަން ހުންނާނެ އެވެ.
25 ޖެނުއަރީ 2026 އިން 25 ޖުލައި 2026 ގެ ނިޔަލަށް ކުރިއަށްދާ އަހަރީ ޕްރޮމޯޝަންގައި ކޮންމެ މީހަކަަށްވެސް ބައިވެރިވެ އިނާމް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
އަހަރީ ބޮޑު އިނާމްގެ ނަމުގައި ފެށި ކުއިޒްގައި ގެނެސްދޭ ސުވާލުގެ ޖަވާބު ދިމާކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ ރަނގަޅު ޖަވާބު ދިމާކުރައްވާ ފަރާތަތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް ސްކޫޕީ ކަލަބް 12 ބްރޭންޑްގެ ސައިކަލެއް ލިބިގެންދާނެއެވެ.
އަސްލު ޓީވީ ބޮޑު އިނާމު ކުއިޒްގައި ބައިވެރިވާ ފަރާތްތަކުން ޖަވާބު އެސްއެމްއެސް ކުރާނީ AB (ހުސްތަންކޮޅެއް) A B C ޖަވާބު، 4422 އަށެވެ.
އަސްލު ޓީވީގެ އަހަރީ ބޮޑު އިނާމްގެ ކޮންމެ ހަފްތާއެއްގެ ސުވާލު ވެސް އެހަފްތާއެއްގެ އާދިއްތަ ދުވަހަކު އަސްލުޓީވީ އާއި އަސްލުޓީވީގެ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ގެނެސްދޭނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ ޖަގަހަ މެޑަމް ސާޖިދާ ހުޅުއްވައިދެއްވައިފި
2 ގަޑިއިރު ކުރިން

ތެޔޮ ލިބުމުގައި ދަތިކަމެއް ނާންނާނެ: ވަޒީރު ޒަމީރު
7 ގަޑިއިރު ކުރިން

އަންހެން ކުދިންނަށް ހިމާޔަތް ދިނުމާއެކު ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދިނުމަކީ މުހިއްމު ކަމެއް: ރައީސް
7 ގަޑިއިރު ކުރިން

ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، އަންނަ ބުދަ ދުވަހު ހުޅުވާލަނީ
7 ގަޑިއިރު ކުރިން


.gif&w=3840&q=75)