
ރައީސް ޑރ މުހައްމަދު މުއިއްޒު / ފޮޓޯ: ރައީސް އޮފީސް
އަންހެން ކުދިންނަށް ހިމާޔަތް ދިނުމާއެކު ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދިނުމަކީ މުހިއްމު ކަމެއް: ރައީސް

މުޙައްމަދު ފަޟްލޫން - 22 މާރިޗު 2026 - 14:28
އަންހެނުންނާއި އަންހެން ކުދިންގެ ކަރާމާތާއި ރައްކާތެރިކަމާއި ހަމަހަމަ ފުރުސަތުތައް ފަހިކޮށްދިނުމަކީ މުހިއްމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެެއެވެ.
ދުނިޔޭގެ ފެނުގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ފޮނުއްވި މެސެޖުގައި، ރާއްޖެއަކީ ވަށައިގެން ކަނޑުއޮތް ގައުމަކަށްވުމުން، ސާފު، ރައްކާތެރި ބޯފެން ކަށަވަރުކުރުމަކީ ގައުމީ ފެންވަރުގައި އިސްކަން ދެއްވާ ކަމެއްކަމުގައި ވިދާޅުވެފައިވެއެވެ.
މޫސުމީ ބަދަލުތަކާއި ފެނުގެ ސަޕްލައިގައި މައްސަލަޖެހުމުގެ ސަބަބުން ފެން ދަތިވާ ހާލަތްތަކުގައި އެމައްސަލައަށް ހައްލު ހޯދުމުގައި އަންހެނުންނާއި އަންހެންކުދިން އުފުލަންޖެހޭ ބުރައަކީ ވަރަށްބޮޑު ބުރައެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައްޔިތުން ބާރުވެރިވުމަކީ ރައްކާތެރި، ވިލުންވެރި އަދި ރަށްރަށް ތަރައްގީވެ ކުރިއަރައި ދިއުމުގައި އެންމެ މުހިންމު މައިގަނޑު އަސާސް ކަމަށާއި، އަދި، ސާފު ބޯފެން ކަަށަވަރުވުމަކީ ހަމަހަމަކަން ކަށަވަރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ ސާފު ފެން ރައްކާތެރިކުރުމާއި، ރައްޔިތުން ބާރުވެރިކުރުމާއި، ފެނުގެ ނިޒާމުތައް ހަރުދަނާ ކުރުމަށް ޖަމާޢަތްތަކާއި، މަދަނީ ޖަމުޢިއްޔާތަކާއި، ޔޫޓިލިޓީ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކާއި، ތަރައްޤީގެ ބައިވެރިން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވަމުންނެވެ.
ދުނިޔޭގެ ފެނުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ މާރިޗް މަހުގެ 22 ވަނަ ދުވަހުގައެވެ.
މިއަހަރުގެ ޝިޢާރަކީ "ފެން އަދި މިންތި" އެވެ.
ގުޅުން ހުރި ޙަބަރުތައް

ތެޔޮ ލިބުމުގައި ދަތިކަމެއް ނާންނާނެ: ވަޒީރު ޒަމީރު
2 ގަޑިއިރު ކުރިން

ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، އަންނަ ބުދަ ދުވަހު ހުޅުވާލަނީ
2 ގަޑިއިރު ކުރިން

މަގު ހެދުމަށް ބަންދުކުރާ ސަރަހައްދުން 24 ގަޑިއިރުތެރޭ އުޅަނދުތައް ނެގުމަށް އަންގައިފި
2 ގަޑިއިރު ކުރިން

ސަރަނގު އާދަމް މަނިކު މޫސާ އަލީ ޖަލީލަށް ތާއީދުކޮށްފި
3 ގަޑިއިރު ކުރިން


.gif&w=3840&q=75)