logo

މަގު ހެދުމަށް ބަންދުކުރާ ސަރަހައްދުން 24 ގަޑިއިރުތެރޭ އުޅަނދުތައް ނެގުމަށް އަންގައިފި

profile

މުޙައްމަދު ފަޟްލޫން - 22 މާރިޗު 2026 - 14:26

މާލޭގެ ބޮޑުތަކުރުފާނު މަގު ހެދުމަށް ބަންދުކުރާ ސަރަހައްދުގައި ޕާކްކޮށްފައިވާ އުޅަނދުތައް ނެގުމަށް އަންގައިފިއެވެ.

https://wamco.com.mv/

މާލޭގެ އުތުރުފަރާތު ބޮޑުތަކުރުފާނުމަގު ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެކުންފުނިން ވާނީ ފޭސް އެކެއްގެ ސެގްމަންޓް އެކެއްގެ މަސައްކަތް ނިންމާ ރައްޔިތުން ބޭނުންކުރުމަށް މަގު ހުޅުވާލާފައި ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

މަޝްރޫއުގެ ދެވަނަ ސެގްމަންޓް އިން ފެށިގެން ފަސްވަނަ ސެގްމަންޓް ގެ އަމަލީ މަސައްކަތް މިއަދު ފެށުމަށް ވަނީ ހަމަޖެހިފައި ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ފެށުމަށް ކުރަންޖެހޭ ތައްޔާރީތައް ވުމަށްޓަކައި، ހެންވޭރު ފެރީ ޓާމިނަލްއިން ފެށިގެން މަސްވެރިންގެ ޕާކާއި ހަމައަށް މިއަދު ފެށިގެން މަގު ބަންދުކުރާނެ ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

ހެންވޭރު ފެރީ ޓާމިނަލްއިން ފެށިގެން އިއްޒުއްދީން ޖެޓީ އާއި ހަމައަށް މާދަމާއިން ފެށިގެން މަގު ބަންދުކުރާނެ ކަމަށެވެ. މަގު ބަންދުކުރުމަށްފަހު ފެންސު ޖަހާނެ ކަމަށް އެމްޓީސީސީއިން ބުނެފައިވެއެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ފެށީ އޮގަސްޓް މަހުގެ 22 ވަނަ ދުވަހެވެ. ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން 830 މީޓަރުގެ މަގެއް ހަދާއިރު 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރާނެއެވެ.

މީގެ އިތުރުން ތާރު އަޅައި ސަބްބޭސް ތައްޔާރު ކުރުމާއި، ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއ،ި ފެންހިންދާ ނިޒާމެއްވެސް ގާއިމު ކުރެވޭނެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk