
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު / ފޮޓޯ: ރައީސް އޮފީސް
ތެޔޮ ލިބުމުގައި ދަތިކަމެއް ނާންނާނެ: ވަޒީރު ޒަމީރު

މުޙައްމަދު ފަޟްލޫން - 22 މާރިޗު 2026 - 14:29
މެދުއިރުމަތީ ހަނގުރާމަ އާއި ގުޅިގެން ރާއްޖެއަށް ތެޔޮ ލިބުމުގައި ދަތިކަމެއް ކުރިމަތިނުވާނެ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ކުރިއަށްއޮތްތަނުގައި ތެލުގެ އަގު ބޮޑުކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށެވެ.
ތެލުގެ އިތުރު ޝިޕްމަންޓެއް ރާއްޖެ އަންނާނެ ކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ ފުރަތަމަ ޝިޕްމަންޓް އަންނަ އޭޕްރިލް މަހުގެ 2 ނުވަތަ 3 ވަނަ ދުވަހު ސިންގަޕޫރުން އަންނާނެ ކަމަށެވެ.
ތެލުގެ ދެވަނަ ޝިޕްމަންޓް އޭޕްރިލް މަހުގެ 4 ނުވަތަ 5 ވަނަ ދުވަހު އޮމާންގެ ސޮހާރުން ރާއްޖެ އަންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން ތެލަށް ނުޖެހި އެކަށީގެންވާ ވަރަށް ތެޔޮ ރާއްޖޭގެ ރައްޔިތުންނަށް ކުރިއަށް އޮތްތަނުގައި ފޯރުކޮށްދެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ތެލުގެ އަގު ބޮޑުވުމަކީ ބައެއް ސިނާއަތްތަކަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށާއި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އެކަށިގެންވާ ހެޔޮ އަގެއްގައި ތެޔޮ ފޯރުކޮށްދިނުމަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

އަންހެން ކުދިންނަށް ހިމާޔަތް ދިނުމާއެކު ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދިނުމަކީ މުހިއްމު ކަމެއް: ރައީސް
2 ގަޑިއިރު ކުރިން

ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، އަންނަ ބުދަ ދުވަހު ހުޅުވާލަނީ
2 ގަޑިއިރު ކުރިން

މަގު ހެދުމަށް ބަންދުކުރާ ސަރަހައްދުން 24 ގަޑިއިރުތެރޭ އުޅަނދުތައް ނެގުމަށް އަންގައިފި
2 ގަޑިއިރު ކުރިން

ސަރަނގު އާދަމް މަނިކު މޫސާ އަލީ ޖަލީލަށް ތާއީދުކޮށްފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)