logo
މާލެ ސިޓީގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކު

މާލެ ސިޓީގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކު

ސަރަނގު އާދަމް މަނިކު މޫސާ އަލީ ޖަލީލަށް ތާއީދުކޮށްފި

profile

މުޙައްމަދު ފަޟްލޫން - 22 މާރިޗު 2026 - 14:25

މާލެ ސިޓީގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކު ޕީއެންސީގެ މޭޔަރ ކެންޑިޑޭޓް މޫސާ އަލީ ޖަލީލް އަށް ތާއީދުކޮށްފިއެވެ.

https://wamco.com.mv/

ނޫސްވެރިންނާއި ބައްދަލުކުރައްވައި ސަރަނގު އާދަމް މަނިކު ވިދާޅުވީ މޫސާ އަލީ ޖަލީލް އަކީ ކުޑައިރުގެ އެކުވެރިއެއް ކަމަށެވެ.

އިންތިހާބުތަކުގައި ފެންނަނީ އޭރުގައި އޮންނަ ސަރުކާރަކާއި ދެކޮޅު ޕާޓީއަކުން ކައުންސިލާއި މޭޔަރު ހޮވާ މަންޒަރު ކަމަށާއި އޭގެ ނަތީޖާއަކަށްވަނީ މާލެ ތަރައްގީކުރުމުގެ ބަދަލުގައި އެ ދެބައި މީހުން ތެޅުން ކަމަށް އާދަމް މަނިކު ވިދާޅުވިއެވެ.

ރައީސްޑރ މުހައްމަދު މުއިއްޒު މޭޔަރުކަން ކުރެއްވިއިރުގައި އެކަން ކުރެއްވީ ބޮޑު އެޖެންޑާއަކާއިއެކުގައި ކަމަށް އާދަމް މަނިކު ވިދާޅުވިއެވެ. ނަމަވެސް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ފަހުން އެ ޕްރޮގްރާމް ހުއްޓިފައިވާ ކަމަށެވެ.

ދެން އެހެން މީހަކު މޭޔަރުކަމަށް ވަޑައިގެން އެހެން ކަންތައްތަކެއް ކުރުއްވަން އުޅެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރާއި ގުޅިފައިވާ މޭޔަރަކަށް ނޫނީ މާލެއަށް ތަރައްގީ ނުގެނެސްދެވޭނެ ކަމަށް އާދަމް މަނިކު ވިދާޅުވިއެވެ.

އެހެންކަމުން އެ ފުރުސަތު އޮތީ މޫސާ ޖަލީލަށް ކަމަށާއި މޫސާ ޖަލީލަށް ދޭ ވޯޓަކީ މާލެއަށް ދެވޭ ވޯޓެއް ކަމަށް އާދަމް މަނިކު ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk