logo
 ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ ޖަގަހަ ފަސްޓްލޭޑީ މެޑަމް ސާޖިދާ  މުހައްމަދު  ހުޅުއްވައިދެއްވުން / ފޮޓޯ: ޕީއެންސީ

ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ ޖަގަހަ ފަސްޓްލޭޑީ މެޑަމް ސާޖިދާ މުހައްމަދު ހުޅުއްވައިދެއްވުން / ފޮޓޯ: ޕީއެންސީ

ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ ޖަގަހަ މެޑަމް ސާޖިދާ ހުޅުއްވައިދެއްވައިފި

profile

މުޙައްމަދު ފަޟްލޫން - 22 މާރިޗު 2026 - 19:24

ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ ޖަގަހަ ފަސްޓްލޭޑީ މެޑަމް ސާޖިދާ މުހައްމަދު މިރޭ ހުޅުއްވައިދެއްވައިފިއެވެ.

https://wamco.com.mv/

ޕީއެންސީ ހެންވޭރު ދެކުނު ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި މާލެ ސިޓީއަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުން ބައިވެރިވެލެއްވިއެވެ.

ހެންވޭރު ދެކުނު ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި މަޖިލިސް މެމްބަރުންނާއި ދައުލަތުގެ ބައެއް ވަޒީރުންގެ އިތުރުން ޕީއެންސީގެ ގިނަ މެމްބަރުން ބައިވެރިވެލެއްވިއެވެ.

ޖަގަހަ ހުޅުއްވައިދެއްވުމަށްފަހު މެޑަމް ސާޖިދާ ވަނީ ލޯކަލް ކައުންސިލްގައި މާލެ ސިޓީއަށް ވާދަކުރައްވާ ކެންޑިޑޭޓުންނާއި އެކު ފޮޓޯ ނަންގަވާފައެވެ.

ހެންވޭރު ދެކުނު ދާއިރާ ޖަގަހަ މިރޭ މާލެ ސިޓީގައި ހުޅުވުނު އިރު ޕީއެންސީ އިން ވަނީ ހއ ދިއްދޫގައި އެ ޕާޓީގެ ވަރަށް ހާއްސަ ޖަލްސާއެއް ބާއްވާފައެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ފޯރީގައި ކުރިއަށްދާއިރު ޕީއެންސީގެ ލީޑަރޝިޕުން ގެންދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް ޖަލްސާތައް ބާއްވައި ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތްތައް ބާއްވަމުންނެވެ. އެގޮތުން އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އާއި ތިނަދޫ ސިޓީގެ އިތުރުން ކުޅުދުއްފުށި ސިޓީ އާއި މާލެ ސިޓީގައި ޕީއެންސީ އިން ވަނީ ފޯރިގަދަ ޖަލްސާތަކެއް ލީޑަރޝިޕް ހިމެނޭހެން ބާއްވާފައެވެ.

މިއަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބު އޮންނާނީ އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހުއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk