logo
އެކައުންޓެންޓް ޖެނެރަލްގެ މަޤާމަށް ޢައްޔަންކުރި އާޒާދު

އެކައުންޓެންޓް ޖެނެރަލްގެ މަޤާމަށް ޢައްޔަންކުރި އާޒާދު

އެކައުންޓަންޓް ޖެނެރަލްގެ މަގާމަށް އަޒާދު

profile

އަހުމަދު ޒަލީފު - 04 އޭޕްރީލު 2023 - 09:19

https://wamco.com.mv/

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެކައުންޓަންޓް ޖެނެރަލްގެ މަޤާމު އުފައްދަވާ އެ މަޤާމަށް ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އެ މަޤާމަށް އައްޔަންކުރައްވާފައިވަނީ ފައިނޭންޝަލް ކޮންޓްރޯލަރގެ މަޤާމު ފުރުއްވަމުން ގެންދެވި މުޙައްމަދު އާޒާދުއެވެ.

އެކައުންޓަންޓް ޖެނެރަލްގެ މަޤާމަކީ މުޅިން އަލަށް އުފެއްދެވި މަޤާމެކެވެ. މި މަޤާމަކީ މާލިއްޔަތު ޤާނޫނަށް ގެނައި އިސްލާހާއެކު، ރައިސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން އުފެއްދެވި މަޤާމެކެވެ.

ދައުލަތުގެ މާލިއްޔަތު ޤާނޫނުގެ 44 ވަނަ މާއްދާގައި މިހާރު ބުނެފައިވަނީ ދައުލަތުގެ ފައިސާއާއި، ހިސާބާއި ހިސާބުގެ ލިޔެކިޔުންތަކުގެ ނިޒާމް ބަލަހައްޓައި ހިންގުމަށްޓަކައި މިނިސްޓްރީގައި އެކައުންޓަންޓް ޖެނެރަލްއެއް ހުންނަންވާނެ ކަމަށެވެ. އެކައުންޓަންޓް ޖެނެރަލްގެ މަޤާމަށް މީހަކު އައްޔަންކުރާނީ ފިނޭންސް މިނިސްޓަރުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާއެވެ. ކުރިން މި މާއްދާގައި ބަޔާންކުރަނީ ފައިނޭންޝަލް ކޮންޓްރޯލަރުގެ ނަމުގައި މަގާމެއް އުފައްދައި އެމަގާމަށް މީހަކު އައްޔަނުކުރަންވާނެ ކަމަށެވެ.

https://etukuri.mv/
https://www.aslu.com.mv