
—
ފަހަތުންއަރައި ރެއާލް މެޑްރިޑުން އެސްޕަނިއޮލް ބަލިކޮށްފި

އަހުމަދު ލައްމާހު އަޒީޒު - 11 މާރިޗު 2023 - 16:15
ސްޕެނިޝް ލަލީގާގައި މިއަދު އެސްޕަނިއޮލްއާ ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި ރެއާލް މެޑްރިޑް ކާމިޔާބުކޮށްފިއެވެ.
ރެއާލްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުން ރެއާލް މޮޅުވެފައިވަނީ 1-3 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ލީޑުނަގައި ކުރިހޯދިވެސް އެސްޕަނިއޮލް އިންނެވެ. އެއީ މެޗުގެ 8 ވަނަ މިނުޓުގައި އެޓީމްގެ ކުޅުންތެރިޔަކު މެޑްރިޑުގެ އޭރިއާ އެތެރެއަށް ނަގައިދިން ބޯޅައެއް ގޯލައް ފޮނުވާލައިގެން ކާމިޔާބު ކުރި ލަނޑެކެވެ. މި ގޯލާއެކުވެސް ފުރަތަމަ ހާފުގައި ދެ ޓީމުން ވެސް އައީ ބޯޅަ ހިފެހެއްޓުމުގެ ބަދަލުގައި އެޓޭކް ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގެ 22 ވަނަ މިނުތުގައި ރެއާލަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ވިނިޝިއަސް ޖޫނިއާާއެވެ. މިއީ ކްރޫސް ދިން ޕާހަކުން އެސްޕަނިއޯލްގެ އޭރިއާ ތެރެއަށް ކޮށްޓާ ވަދެ ގޯލައް ފޮނުވަލި ހަމަލާއަކުން ޖެހި ގޯލެކެވެ. ފުރަތަމަ ހާފުގައި ރެއާލްއަށް އުންމީދު އާކޮށްދިނީ އެޑާ މިލިޓާއޯ އެވެ.
މި ގޯލް މިލިޓާއޯ ކާމިޔާބުކޮށްދިފައިވަނީ 39 ވަނަ މިނުޓުގައި ޗުއެމަނީ ކްރޮސް ކޮށްދިން ބޯޅައެއް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. ދެވަނަ ހާފުގެ އިތުރު ވަގުތުގެ ކުޅުން ކުރިއަށް ދަނިކޮށް ރެއާލްގެ މާކޯ އެސެންޝިއޯ ވަނީ ރެއާލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. މިއީ ނަޗޯ ފެނާންޑޭޒް ދިން ޕާހެއް ގޯލަށް ފޮނުވައިގެން ކާމިޔާބު ކުރި ގޯލެކެވެ.
މި ނަތީޖާއާ އެކު ރެއާލް މެޑްރިިޑް އޮތި ކުޅުނު 25 މެޗުން ލިބުނު 56 ޕޮއިންޓާއެކު ތާވަލުގެ ދެވަނާގައެވެ. އެއްވަނާގާއި އަދިވެސް އޮތި ވާދަވެތި ބާސެލޯނާއެވެ. އޭއި ކުޅުނު 24 މެޗުން 62 ޕޮއިންޓާއެކު އެވެ. އެގޮތުން މިރޭގެ މެޗާއެކު އެސްޕަނިއޮލް އޮތީ ކުޅުނު 25 މެޗުން ލިބުނު 27 ޕޮއިންޓާއެކު ތާވަލުގެ ސާދަ ވަނައިގަައެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން