logo

ނަޝީދު އުޅެނީ ވޯޓަށް ފިލައިގެން: ރޮޒޭ

profile

އަހުމަދު ޒަލީފު - 30 އޮކްޓޯބަރު 2023 - 16:08

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް

"ރާއްޖޭގެ ޑިމޮކްރަސީ ބައްޕަ" ކަމަށް ދައުވާކުރާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިހާރު އުޅުއްވަނީ މަޖިލީހުގެ ރައީސްކަމުން ވަކިކުރަން އުޅޭތީ އިތުބާރު ނެތްކަމުގެ ވޯޓަށް ފިއްލަވައިގެން ކަމަށް އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ) ވިދާޅުވެއްޖެ އެވެ.

"ރާއްޖެ ޓީވީ" ގައި އޭނަ ރޭ ވަނީ ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ރޮޒޭ ވިދާޅުވީ މަޖިލީހުގެ ރައީސްކަމުގައި ހުންނަވާ ބޭފުޅަކު ވާން ޖެހޭނީ މަޖިލީހުގެ މެމްބަރުންގެ އަޣުލަބިއްޔަތު އޮވެ، އިތުބާރު ހިފޭ ބޭފުޅަކަށް ކަމަށެވެ. ނަމަވެސް ނަޝީދު މިހާތި އެ މަގާމުގައި އިންނަވަނީ، މެމްބަރުންގެ އިތުބާރު ނެތި ގަދަކަމުން ކަަށް ވިދާޅުވި އެވެ.

"އިތުބާރެއް ނެތޭ ބުނީމަ ވެސް، އަނެއް ފަހަރު ދެން މި އުޅުއްވަނީ ވޯޓު ނުނަގައި، ގަދަކަމުން އެތާނގަ އިންނަވަންވެގެން. މިއަށްވުރެ ލަދުވެތިކަމެއް އޮންނާނެ ތޯ؟" އޭނަ ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ވިދާޅުވީ ޑިމޮކްރެޓިކް ވެއްޓެއްގައި، ޑިމޮކްރެސީގެ ބައްޕައޭ ކިޔުއްވައިގެން އުޅުއްވި ބޭފުޅަކު، ޑިމޮކްރެސީގެ އެންމެ އަސާސީ އެއް ކަންތައް ކަމަށްވާ ކަމުގައިވާ ވޯޓަށް ފިއްލަވައިގެން އުޅުއްވުމަށް ވުރެ ހަޑި އަމަލެއް ނޯންނާނެ ކަމަށެވެ.

އަދި އެއް ގެއެއްގެ ދެ ބޭފުޅުން މަޖިލީހުގެ ރިޔާސަތުގައި ތިއްބަވައިގެން މިއަދު ކުރައްވާ ކަމަކީ އެއް ބޭފުޅަކު އަނެއް ބޭފުޅެއްގެ މަސްލަހަތު ހިމާޔަތް ކުރެއްވުން ކމަަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަށް އިޝާރާތް ކުރައްވައި ރޮޒޭ ވިދާޅުވި އެވެ.

"އިތުބާރު ނެތްތޯ ބަލަނީ ވޯޓަކުންނޭ، ވޯޓަށް ފިއްލަވައިގެން އެ އުޅުއްވަނީ. ވޯޓަށް ފިއްލަވައިގެން އުޅުއްވުމަށް ވުރެ ހަޑި ހުތުރު އަމަލެއް ކުރެވޭނެތޯ ޑިމޮކްރަޓިކް ވެއްޓެއްގައި. އެގޮތަށް މިހާރު އެއް ގެއެއްގެ ދެ ބޭފުޅުން ތިއްބަވައިގެން އެކަކު އަނެކެއްގެ މަސްލަހަތު ހިމާޔަތްކުރައްވައިގެން،" އޭނަ ވިދާޅުވި އެވެ. "މަޖިލީހަކީ ގޭތެރޭން އެބޭފުޅުން ކަންކަން ނިންމަވައިގެން ކުރަން ޖެހޭ ތަނެއްގެ ގޮތުގަ ހައްދަވައިގެން އަމަލުކުރާ ތަން މި ފެންނަނީ."

ރޮޒޭ ވިދާޅުވި ގޮތުގައި ކުރިން އެމްޑީޕީގެ ކުރީގެ ރައީސެއްގެ ގޮތުގައި ހުންނެވި ބޭފުޅަކު އެފަދަ ގޮތަކަށް އަމަލުކުރައްވާ ތަން ފެނިވަޑައިގަތުމުން ލަދުފުޅުގެންވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ޕާޓީގެ ރައީސަކަށް ހުންނެވި ބޭފުޅަކު ދިވެހި ރާއްޖެ އަށް ޑިމޮކްރަސީ ތައާރަފުކުރީ ތިމަންނާއޭ ވިދާޅުވަމުން ދިޔަ ބޭފުޅަކު، މިއަދު އެ އަމަލުކުރައްވާ ހަޑި މުޑުދާރު ގޮތުން އަޅުގަނޑުމެން ހަމަ ލަދުގަނޭ." އޭނަ ވިދާޅުވި އެވެ.

ނަޝީދުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓް ނަގަން މިއަދާއި އިއްޔެ އަށް ވެސް އެޖެންޑާކުރި ޖަލްސާ އީވާ ސަލާމުގައި ހުންނެވުމުން ބޭއްވިފައެއް ނުވެ އެވެ. މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަވަން ވާނީ މަޖިލީހުގެ ނައިބު ރައީސެވެ.

https://wamco.com.mv/
tel:+9607331319