logo

ތޮލާލާ ހީނާ އާ ގުޅޭގޮތުން ދެއްކި ވާހަކަތައް ދޮގުކޮށްފި

profile

އަހުމަދު ޒަލީފު - 22 ނޮވެމްބަރު 2023 - 10:37

ޕީޕީއެމް ހިންގަން ޔާމީން އެކުލަވާލި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުން ރޭ ނޫސްވެރިންނާ ބައްދަލުކުރަނީ. -- ފޮޓޯ: އަދަދު

ޕީޕީއެމް ހިންގަން ޔާމީން އެކުލަވާލި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުން ރޭ ނޫސްވެރިންނާ ބައްދަލުކުރަނީ. -- ފޮޓޯ: އަދަދު

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރައްވަން އުޒުރުވެރިވެވަޑައިގެންފައިވާ ކަމަށާއި އެ ޕާޓީގެ ތަރުޖަމާން ހީނާ ވަލީދު ވެސް އިސްތިއުފާ ދެއްވާފައިވާ ކަމަށް ޕާޓީ ހިންގަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ނެންގެވި ސްޓިއަރިން ކޮމިޓީގެ މެމްބަރުން މިރޭ ހެދީ ދޮގެއްކަން ހާމަވެއްޖެ އެވެ.

ޔާމީން ވަނީ ޕީޕީއެމް ހިންގަން ލީޑަޝިޕާއި ޕާޓީގެ ސެނެޓާ ވަކިން ސްޓިއަރިން ކޮމިޓީއެއް އެކުލަވާލައްވައިފަ އެވެ.

ހީނާ އިސްތިއުފާ ދެއްވިކަން އައްބާސް އިއުލާނު ކުރެއްވުމާއި އެކީ ޕީޕީއެމްގެ މީޑިއާ ގްރޫޕުގައި ނުސްވެރިން ވަނީ އެކަމާއި ގުޅޭ ގޮތުން ހީނާއާއި ސުވާލު ކުރައްވާފައެވެ. އެސުވާލުތަކާއި ގުޅިގެން ރާއްޖޭން ބޭރުގައި މިވަގުތު ހުންނެވި ހީނާ ވަނީ ޕީޕީއެމްގެ ތަރުޖަމާނު ކަމުން އިސްތިއުފާ ދިން ވާހަކަ ދޮގު ކުރައްވާފައެވެ.

ޕީޕީއެމް/ޕިއެންސީގެ ޕާޓީގެ ސެނެޓަރ މުހައްމަދު މަލީހު ޖަމާލު އިސްވެ ހުންނަވައިގެން މިރޭ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވާއިރު، ތޮލާލް ވިދާޅުވީ، އެބައްދަލުވުން ބާއްވާފައިވަނީ ޕީޕީއެމްގެ ލީޑަރޝިޕް އަދި ސެނެޓަށް ވެސް ނޭނގި އެބޭފުޅުން އަމިއްލައަށް ކަމަށެވެ.

އައްބާސް ވިދާޅުވީ ޕާޓީގެ ހިންގުމުން ތޮލާލު އުޒުރުވެރިވެވަޑައިގެންފައިވާތީ، ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ޔާމީން ކޮމިޓީއެއް އެކުލަވާލެއްވީ ވަގުތީ ގޮތުން ކަމަށެވެ.

"އެމަނިކުފާނަށް ޕާޓީގެ އަސާސީ ގަވައިދުގެ ދަށުން ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން މި ސްޓިއަރިން ކޮމިޓީ އަކީ. ޕާޓީގެ އަސާސީ ގަވައިދުގެ ތެރެއިން މިކަން މި ދަނީ،" އައްބާސް ވިދާޅުވި އެވެ.

ރޭ ބޭއްވި ބައްދަލުވުމުގައި މަލީހު ވަނީ ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން ޕީޕީއެމް ހިންގަން ސްޓިއަރިން ކޮމިޓީއެއް އުފައްދާފައިވާކަން ވެސް އިއުލާނު ކުރައްވާފައެވެ.

tel:+9607331319