logo

ޕީޕީއެމްގެ ސެނެޓުގެ ބައްދަލުވުމެއް މާދަމާރޭ ބާއްވަނީ

profile

އަހުމަދު ޒަލީފު - 24 ނޮވެމްބަރު 2023 - 16:08

—

ރާއްޖޭގައި ދެވަނައަށް އެންމެ މެންބަރުން ގިނަ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ސެނެޓުގެ ބައްދަލުވުމެއް މާދަމާރޭ ބާއްވަން ނިންމައިފިއެވެ.

ޕީޕީއެމްގެ ސެނެޓުގެ ބައްދަލުވުމެއް މާދަމާރޭ ބާއްވަން ނިންމާފައިވާއިރު ސެނެޓަރުންނަށް މިހާރު ވަނީ ބައްދަލުވުމަށް ދައުވަތު ފޮނުވައިފައެވެ.
އެ ބައްދަލުވުމުގައި މައިގަނޑު ކަމަކަށް އޮތީ އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާމެދު ގޮތް ނިންމުމެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިން ބުނެފައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމް ޕީއެންސީއިން ވާދަ ކުރުމަށް ކެންޑިޑޭޓުން ނެރޭނީ ދެޕާޓީ އެކުގައި އެއް ކޯލިޝަނަކުންނެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމްއާއި ޕީއެންސީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އަންނަ ޖެނުއަރީ 20 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައި ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.
tel:+9607331319