logo

މަޖިލިސް އިންތިހާބަށް ޕީޕީއެމާއި ޕީއެންސީ ނިކުންނާނީ އެކުގައި!

profile

އަހުމަދު ޒަލީފު - 26 ނޮވެމްބަރު 2023 - 10:20

ޕީޕީއެމް ސެނެޓްގެ ބައްދަލުވުމުގެ ތެރެއިން

ޕީޕީއެމް ސެނެޓްގެ ބައްދަލުވުމުގެ ތެރެއިން

އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އެކުގައި ވާދަކުރުމަށް ޕީޕީއެމްގެ ސެނެޓުން މިރޭ ނިންމައިފި އެވެ.

މިއީ ކުރީގެ ރައީސް އަބްދުالله ޔާމީން ޕީޕީއެމްއާ އާ ދުރަށް ޖެހިވަޑައިގެން އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމެވި ފަހުން ބޭއްވި އެ ޕާޓީގެ ފުރަތަމަ ސެނެޓު ބައްދަލުވުމެވެ. ޕީޕީއެމްގެ ލީޑާޝިޕާއި ޔާމީނާއި ހިޔާލު ތަފާތުވިއިރު ލީޑާޝިޕްގެ ގިނަ ބޭފުޅުން އިހުތިޔާރު ކުރެއްވީ ވެރިކަމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަޅި އެވެ.

އެ ކޯލިޝަނުގެ ޓިކެޓަށް ޝައުގުވެރިވާ ޕީޕީއެމް އަދި ޕީއެންސީގެ މެމްބަރުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ޑިސެމްބަރު 20 އިން 31 އަށް ހުޅުވާލާނެ ކަމަށް ވެސް މީގެކުރިން ހާމަކޮށްފައިވެ އެވެ.

މަޖިލިސް އިންތިހާބަށް ޕީޕީއެމުން ޕީއެންސީ އެކުގައި ނުކުންނައިރު ޔާމީން އުފައްދަވާ އާ ޕާޓީން ވެސް އެ އިންތިހާބުގައި ވާދަކުރާނެ އެވެ. އެހެންކަމުން, މި ދެ ޕާޓީގެ ސަޕޯޓަރުންގެ ތެރެއިން ޔާމީނާ އެކުގައި ތިއްބެވި ބޭފުޅުންގެ ވޯޓު އެމަނިކުފާނު ހޯއްދަވާނެ ކަމަށް ބެލެވެ އެވެ

މިކަމާ ގުޅޭގޮތުން ނިންމަން ޖެހޭ އިތުރު ނިންމުންތައް ދެ ޕާޓީގެ ޖޮއިންޓް ސެނެޓުން ނިންމުމަށް ވެސް ވަނީ ކަނޑައަޅާފަ އެވެ.

tel:+9607331319