logo

އަމާޒަކީ އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ޕީއެންސީ ހެދުން: އެސްޖީ ޒީނާޒް

profile

އާމިނަތު ޝަފާ - 10 އޯގަސްޓު 2024 - 15:31

ޕީއެންސީއަށް މެމްބަރުން އިތުރުމުގެ ހަރަކާތުގެ ތެރެއިން

ޕީއެންސީއަށް މެމްބަރުން އިތުރުމުގެ ހަރަކާތުގެ ތެރެއިން

އަމާޒަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަކީ ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް ހެދުންކަމަށް އެ ޕާޓީގެ ސެކެރެޓަރީ ޖެނެރަލް ޒީނާޒް ޢަދުނާން ވިދާޅުވެއްޖެއެވެ.

ޒީނާޒު މިފަދައިން ވިދާޅުވީ އެޕާޓީއަށް މެމްބަރުން އިތުރުކުރުމަށް މާލެއާއި ވިލިމާލެ ހިމެނޭހެން 12 ދާއިރާއެއްގައި ފަށާފައިވާ ހަރަކާތާ ގުޅޭ މައުލޫމާތު އަސްލު ޓީވީއާ ހިއްސާކުރައްވަމުންނެވެ.

ޒީނާޒު ވިދާޅުވީ މާލެ ދާއިރާގައި މާފަންނު ހިމެނޭގޮތައް ކުރިއަށް ގެންދާ މިހަރަކާތުގައި ބައިވެރިވާ ޓީމުތައް ބުދަ ދުވަހުން ފެށިގެން އަތޮޅުތެރޭގައި ހަރަކާތްތެރިވަމުން އަންނަކަމަށެވެ.

މި ހަރަކާތުގެ ތެރެއިން ފޯމު ހިފައިގެން ޑޯ-ޓު-ޑޯއަށް ހިނގައި ޕާޓީއަށް ވަންނަން ބޭނުންވާ މީހުންނަށް އެފުރުސަތު ދޭނެކަމަށް އެ ޕާޓީން ބުނެއެވެ.

"އަމާޒަކީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއަކީ ޕީއެންސީއަށް ހެދުން. މި ޓާގެޓަށް އަމާޒުވުމަށް މަސައްކަތްތައް ކުރަމުން މިދަނީ".

އިލެކްޝަން ކޮމިޝަނުގެ ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ މެމްބަރުން ގިނައީ އިދިކޮޅު އެމްޑީޕީގައެވެ. އެ ޕާޓީގައި 50،000އަށް ވުރެ ގިނަ މެމްބަރުން ތިބިކަމަށް ދައްކައެެވެ. ދެން އެންމެ މެމްބަރުން ގިނަ ސަރުކާރު ކޯލިޝަނުގެ ޕާޓީ ޕީޕީއެމްގައި 34،000އަށް ވުރެ ގިނަ މުވައްޒަފުން ތިބިކަމަށްދައްކާއިރު ވެރިކަންކުރާ ޕީއެންސީގައި ތިބިކަމަށް ދަފްތަރުން ދައްކަނީ 28،000 އަށްވުރެ ގިނަ މެމްބަރުންނެވެ.

tel:+9607331319