logo

ޕީއެންސީއަށް މެމްބަރުން އިތުރުކުރުމުގެ ހަރަކާތެއް މާލޭގައި ފަށައިފި

profile

ޒިދާން މުޙައްމަދު - 14 ސެޕްޓެމްބަރު 2024 - 11:52

ސަރުކާރު ހިންގާ މައި ޕާޓީ - ޕީއެންސީއަށް މެމްބަރުން އިތުރުކުރުމުގެ ހަރަކާތެއް މާލޭގައި ފަށައިފިއެވެ.

ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއަށް މިއަހަރުގެ އޮކްޓޫބަރުގެ ނިޔަލަށް 75،000 މެމްބަރުން ހަމަކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒެކެވެ. މިއަމާޒަށް ވާސިލުވުމަށް މުޅި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ މެމްބަރުން އިތުރުކުރުމުގެ ހަރަކާތް ފެށުމަށް މިއަދު ވަނީ މާލޭގެ ދެ އަވަށެއްގައި ދޮރުންދޮރަށް ހިނގުމާއި މަގުމަތީ ހަރަކާތް ފަށާފައެވެ.

މިގޮތުން މައްޗަންގޮޅި އަދި ގަލޮޅުން ކޮންމެ އަވަަށަކުން މިއަދު 300 އަށްވުރެ ގިނަ މެމްބަރޝިޕް ފޯމު ފުރިހަމަކުރުމަކީ، މިހަރަކާތުގައި ބައިވެރިވާ ޕީއެންސީގެ މެމްބަރުންގެ އަމާޒެވެ.

މިކަމާ ގުޅޭ ގޮތުން "އަސްލު" ނޫހަށް ދިން އިންޓަރވިއުއެއްގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ، ރައީސް ޑރ. މުއިއްޒުގެ ލަފާފުޅާއި އިރުޝާދާ އެއްގޮތަށް، ކޮންމެ ހަފުތާއަކު ވެސް ރާއްޖޭގެ ހުރިހާ ސިޓީތަކެއްގައި، މެމްބަރޝިޕް އިތުރުކުރުމުގެ ހަރަކާތްތަކެއް ހިންގަން ރާވާފައިވާ ކަމަށެވެ. އަދި މަދުވެގެން ކޮންމެ ހަފުތާއަކު އެއް ދުވަހު ސިޓީތަކުގައި މި ހަރަކާތް ކުރިއަށް ގެންދާނެކަން މެމްބަރު ފާހަގަކުރެއްވިއެވެ.

މީގެ ކުރިން ވިލިމާލެއާއި މާފަންނުގައިވެސް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށާއި އެ މަސައްކަތް އިތުރަށް ކުރިއަށްގެންދާނެ ކަމަށް މެމްބަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މެމްބަރުން އިތުރުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ފުރަތަމަ ހިންގުނު ހަރަކާތުން އެކަނިވެސް ހާހަކަށްވުރެ ގިނަ ފޯމް ފުރިހަމަކުރެވިފައިވުމަކީ ރާއްޖޭގެ އެންމެ މެމްބަރުން ގިނަ ޕާޓީއަށް ޕީއެންސީ ހެދޭނެ ކަމުގެ އަލިގަދަ ހެއްކެކެވެ.

ޕީއެންސީއަކީ ވެރިކަމަށް އައުމުގެ ކުރިން މެމްބަރުން މަދު ކުޑަ ޕާޓީއެއް ނަމަވެސް، މިވަގުތު އެ ޕާޓީއަކީ މެމްބަރުން ގިނަ، ރާއްޖޭގެ އެންމެ ކާމިޔާބު އެއް ސިޔާސީ ޕާޓީއެވެ.

ވެރިިކަން ހިންގާ މައި ޕާޓީ - ޕީއެންސީގެ ސިޔާސަތުތަކަކީ:

  • ރާއްޖޭގެ ޤުދްރަތީ ވަސީލަތްތަކުގެ ފައިދާ ރައްޔިތުންނަށް ހޯދައިދީ، ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމެވެ.
  • ރައްޔިތުންނަށް ލިބިދެވޭ ތަޢުލީމީ އަދި ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވާއި، އިޖްތިމާޢީ ދުޅަހެޔޮކަން ހަމަހަމަގޮތެއްގައި ތަނަވަސްކޮށްދިނުމެވެ.
  • ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ސައްތައިންސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމާއި ބައިނަލްއަޤްވާމީ ދުނިޔޭގައި ދިވެހިންނަށް ޙައްޤު ޤަދަރާއި މަގާމު ހޯދައިދިނުމެވެ.

  • ޕާޓީގެ މެންބަރުންގެ ވާޖިބުތައް

  • ޕާޓީގެ ކޮންމެ މެންބަރަކުމެ، ޕާޓީގެ ފިކުރަށް ތާއީދުކޮށް، ޕާޓީގެ މަޤްޞަދުތައް ފުރިހަމަ ކުރުމަށް އެހީތެރިވެ، ޕާޓީގެ އުޞޫލުތަކާއި، މިޤަވާޢިދަށް ޢަމަލު ކުރުމަށް އެއްބަސްވުން.
  • ޕާޓީގެ ކޮންމެ މެންބަރަކުމެ، ޕާޓީގެ ޓިކެޓުގައި ޢާންމު އިންތިޚާބުތަކަށް ވާދަކުރާ ކެނޑިޑޭޓުންނަށް ތާއީދު ހޯދާދިނުމާއި، އެކެނޑިޑޭޓުންނަށް ވޯޓު ދިނުން.
  • tel:+9607331319