logo

މެމްބަރުންނަށް ރައީސް ފައިސާދެއްވިކަމަށް ބުނެ ފަތުރަމުން ދަނީ ދޮގު ހަބަރެއް: ހީނާ

profile

އައިޝަތު އިނާޝާ - 12 ސެޕްޓެމްބަރު 2024 - 19:38

ރައީސް އޮފީހުގެ ސްޕޯކްސް ޕާރސަން ހީނާ ވަލީދު

ރައީސް އޮފީހުގެ ސްޕޯކްސް ޕާރސަން ހީނާ ވަލީދު

ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ މަޖިލިސް މެމްބަރުންނަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ފައިސާ ދެއްވި ކަމަށް ބުނެ ފަތުރަމުން އަންނަ ޚަބަރު ސަރުކާރުން ދޮގުކޮށްފިއެވެ.

ރައީސްގެ ފަރާތުން ޕީއެންސީގެ ކޮންމެ މަޖިލިސް މެންބަރަކަށް މިމަހު 75،000 ރުފިޔާ ދިން ކަމަށް ބުނެ 'އަދަދު' ނޫހުގައި ޝާއިއުކުރި ހަބަރާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސްގެ ފަރާތްޕުޅުން، ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ފައިސާ ދިންކަމަށް ބުނެ އަދަދު އޮންލައިންގައި ޝާއިޢުކޮށްފައިވަނީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ދޮގު ޚަބަރެއް ކަމަށެވެ.

ހީނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް، ފިތުނަ އުފެއްދުމުގެ ބޭނުމުގައި މިފަދަ ދޮގު ޚަބަރެއް ފެތުރި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެފަރާތައް ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން ދާކަމަށް ވިދާޅުވިއެވެ.

ހީނާގެ ޕޯސްގައި ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ނިސްބަތްކޮށް ފާޅުގައި ދޮގު ޚަބަރު ފަތުރަމުންދާ ފަރާތްތަކާމެދު ސަމާލުވުމަށް ރައްޔިތުންނަށް ވަނީ އިލްތިމާސް ކުރަށްވާފައެވެ.


tel:+9607331319