logo

ބީއެމްއެލްގެ ޗެއަރމަންގެ މަގާމަށް އަޙްމަދު ޢަލީ ހަބީބުގެ ނަން

profile

އާމިނަތު ޝަފާ - 17 ސެޕްޓެމްބަރު 2024 - 13:23

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ކެބިނެޓް އެފެއާޒް ޢަޙްމަދު ޢަލީ ޙަބީބު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ކެބިނެޓް އެފެއާޒް ޢަޙްމަދު ޢަލީ ޙަބީބު

ބީއެމްއެލްގެ ޗެއަރމަންގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ކެބިނެޓް އެފެއާޒް ޢަޙްމަދު ޢަލީ ޙަބީބުގެ ނަން ސަރުކާރުން ހުށަހަޅުއްވާފައިވާކަން އަސްލު ޓީވީއަށް ކަށަވަރު ވެއްޖެއެވެ.

ޗެއަރމަން އައްޔަންކުރާނީ ހާއްސައާންމު ޖަލްސާ އަށްފަހު އޮންނަ ބޯޑު ބައްދަލުވުމުގައެވެ. ބީއެމްއެލްގެ ބޯޑުގައި 11 މެންބަރުން ތިބެއެވެ. އެއީ ސަރުކާރުން އައްޔަންކުރާ 8 މެންބަރުންނާއި އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑު ތަމްސީލުކުރާ ތިން މެންބަރުންނެވެ.

އެކަމަކު މިވަގުތު ބޯޑުގައި ތިއްބެވީ 8 ބޭފުޅުންނެވެ.

ބޭންކުގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުގެ ފަރާތުން އައްޔަންކުރުމަށް ހުށަހަޅާފައިވާ ތިން ފަރާތަކީ:

1. އަލްފާޟިލް އަޙްމަދު ޢަލީ ޙަބީބް، ނޫވިލާގެ، ސ. ހިތަދޫ

2. އަލްފާޟިލް ޢަލީ ޢިރުފާނު، ޑޭލައިޓްވިލާ، ސ. މަރަދޫފޭދޫ

3. އަލްފާޟިލް މުޙައްމަދު ޝާހިދު، ހުޅުމާލެ ފްލެޓް ނަންބަރު 02-2-90 މާލެ

އަލްފާޟިލް އަޙްމަދު ޢަލީ ޙަބީބް އަކީ އިނގިރޭސިވިލާތުގެ ޗާރޓަޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓަންޓްސްގެ (ސީމާ) މެންބަރެކެވެ.

އަލްފާޟިލް އަޙްމަދު ޢަލީ ޙަބީބްގެ ނަމުގައި ބޭންކުގައި ހިއްސާއެއް ނޯވެއެވެ. ބޭންކުގެ ހާއްސަ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހު 21 ވަނަ ދުވަހުގައެވެ.

https://int.etukuri.mv/
tel:+9607331319