
ރަވީ މިފަހަރު އުފަށްދަނީ "ފަސާދަ"

އައިޝަތު އިބްރާހިމް - 05 އޭޕްރީލު 2025 - 12:25
މި އަހަރުގެ ތެރޭގައި ހިޓު ވެބް ޝޯއެއް ރިލީޒްކުރުމަށްފަހު މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު ރަވީ ފާރޫޤް ފިލްމެއް ނެރުމަށް ތައްޔާރުވެއްޖެއެވެ.
ރަވީ މިކަން ހާމަކޮށްފައިވަނީ އޭނަގެ އަމިއްލަ އިންސްތާގްރާމް ހެންޑްލްގައެވެ. ރަވީ ވަނީ މިއަހަރުގެ ކުރީކޮޅު މީޑިއާނެޓްގެ އެމްއެސް ކްލަބަށް ތުރިލާ ޑްރާމާ ޝޯއެއް ކަމަށްވާ "ހިންތާ" ގެނެސްދީފައެވެ. ރަވީގެ ހިންތާ ވަނީ ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަޤްބޫލުކަމެއް ހޯދާ ހިޓްވެގެން ގޮސްފައެވެ. ހިންގާގެ ކާމިޔާބީއަށްފަހު އަނެއްކާވެސް އައު ޕްރޮޖެކްޓެއްގެ މަސައްކަތް ރަވީ މިހާރު ފަށައިފިއެވެ.
އެހެން ނަމަވެސް މިފަހަރު އެޕިސޯޑުން ވާހަކަ ކިޔައިދިނުމުގެ ބަދަލުގައި ރަވީ މަސައްކަތް ފަށާފައިވަނީ ފީޗާ ލެންތު ފިލްމެއް ނެރުމަށެވެ.
ރަވީ އަލަށް ނެރުމަށް ހަމަޖެހިފައިވާ ފިލްމަށް ކިޔާނީ "ފަސާދަ"އެވެ. ފަސާދަ މި ފިލްމުގައި ވެސް މަސައްކަތް ކުރާނީ ހިންތާގެ ޓީމެވެ. ހިންތާގެ ޓީމު "އެއްކާފު" ޕްރޮޑަކްޝަން އާއެކު ނެރުމަށް ހަމަޖެހިފައިވާ މި ފިލްމަކީ ސައިކޮލޮޖިކަލް ތުރިލާއެއް ކަމަށް މަޢުލޫމާތު ލިބެއެވެ.
މި ފިލްމުގައި ލީޑުން ފެންނާނީ މިހާރު ގިނަ ބައެއްގެ ތެރޭގައި މަޤްބޫލުކަން ހޯދަމުން އަންނަ ޒުވާން ތަރި މޫސާ އަލީފެވެ. ޓިކްޓޮކުން މަޤްބޫލުކަން ހޯދި އަލީފް ވަނީ މިފަހުން ނެރުނު އެކި ފިލްމުތަކުން ސަޕޯޓިން އެކްޓަރެއްގެ ރޯލުން ފެނިފައެވެ. މިއީ އޭނާ ލީޑުން ފެންނާނެ ފުރަތަމަ ފިލްމެވެ.
މި ފިލްމުގެ އިތުރު ކާސްޓުންގެ މައުލޫމާތުތަކެއް އަދި ހާމަވެފައެއް ނުވެއެވެ. ޑައިރެކްޓަރުގެ ރޯލުގެ އިތުރުން ފިލްމުގެ ރޯލަކުންވެސް ރަވީ ފެންނައިރު މިއީ ކިހާވަރެއްގެ ރޯލެއް ކަމެއް ރަވީ ހާމަކޮށްފައެއް ނުވެއެވެ.
ފިލްމު "ފަސާދަ"ގެ ސްކްރީންޕްލޭގެ މަސައްކަތް ކޮށްފައިވަނީ އަހުމަދު ޒަރީރެވެ. ޒަރީރަކީ ރަވީއާއެކު ހިންތާގައިވެސް މަސައްކަތްކޮށްފައިވާ ލިޔުންތެރިޔެކެވެ. ރަވީއާއެކު މި ފިލްމު ޑައިރެކްޓު ކުރުމުގައި އަލީ ޝިފާއު (ޗިއްޕެ) ވެސް މަސައްކަތް ކުރާ ކަމުގެ މަޢުލޫމާތުވެސް ލިބެއެވެ.
މި ފިލްމުގެ ޝޫޓިން ނިމިފައިވާއިރު މިހާރު ކުރިއަށްދަނީ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތެވެ. ފިލްމްގެ ޕޯސްޓަރުންވެސް އެނގޭ ގޮތުގައި މި އަހަރު ފިލްމު ނެރުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް ފިލްމު ނެރޭނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން