logo
—

ސާޖިއޯ ބުސްކެޓްސް އިންޓާ މިއާމީއަށް!

profile

އަހުމަދު ލައްމާހު އަޒީޒު - 24 ޖޫން 2023 - 07:00

ސާޖިއޯ ބުސްކެޓްސް އެމްއެލްއެސްގެ ފުޓްބޯޅަ ކްލަބް އިންޓަ މިއާމީއަށް ބަދަލުވާން ނިންމައިފިއެވެ.

https://wamco.com.mv/

އުމުރުން 34 އަހަރުގެ ބުސްކެޓްސް ބާސެލޯނާ ދޫކޮށްލަން ނިންމީ އެކުލަބުގައި ކާމިޔާބު 15 އަހަރު ހޭދަކުރުމަށްފަހުއެވެ. އެގޮތުން ބުސްކެޓްސް އިންޓަ މިއާމީއަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ.

ބުސްކެޓްސް ވަނީ އޭނާ ބާސެލޯނާގައި ހޭދަކުރި 15 އަހަރުތެރޭގައި އެކުލަބަށް ކުޅެދިން 722 މެޗުގައި 18 ލަނޑު ކާމިޔާބުކޮށްދިނީ، ބާސެލޯނާގެ ޖާޒީގައި 32 ތަށި ކާމިޔާބުކޮށްފައެވެ.

ބާސެލޯނާއަށް އޭނާ ވަނީ ކުޅުނު 15 ސީޒަންގައި ބާސެލޯނާއަށް ނުވަ ލާ ލީގާ ޓައިޓަލް އަދި ހަތް ކޮޕާ ޑެލް ރޭ ޓައިޓަލް އަދި ތިން ޔުއެފާ ޗެމްޕިއަންސް ލީގްގެ ޓައިޓަލް ހޯދާ ދިނުމުގައި ވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ.

މީގެ އިތުރުން އޭނާ ވަނީ 2010 ވަނަ އަހަރު ސްޕެއިންއާއެކު ވޯލްޑް ކަޕް ކާމިޔާބުކޮށް، 2012 ވަނަ އަހަރު ޔޫރަޕިއަން ޗެމްޕިއަންޝިޕް ކާމިޔާބުކުރުމުގައި ސްޕެއިންއަށް މުހިންމު ދައުރެއް އަދާކޮށްދީފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay