
--
ރަޝިޔާގެ ޖާސޫސީ ބޯޓުތަކެއް ޖަޕާނުން ފައްސާލައިފި

އައިޝަތު ޔާނިއާ - 26 މޭ 2023 - 13:16
ޕެސިފިކް ކަނޑާއި ޖަޕާން ކަނޑުގެ އައްސޭރިފަށުގައި އޮންނަ ސަރަޙައްދުތައް ކައިރިން ރަޝިޔާގެ ޖާސޫސީ މަތިންދާބޯޓުތަކެއް ވަނުމުން، އަސްކަރީ މަތިންދާބޯޓުތައް ފޮނުވައި ރަޝިޔާގެ ބޯޓުތައް ފައްސައިލާފައިވާ ކަމުގައި ޖަޕާނުން ހާމަ ކޮށްފިއެވެ.
ޖަޕާނުގެ އަސްކަރިއްޔާގެ ޖޮއިންޓް ސްޓާފް އޮފީހުން ބުނެފައި ވާ ގޮތުގައި ރަޝިޔާގެ ޖާސޫސީ އެއް މަތިންދާބޯޓު ޖަޕާނުގެ އުތުރުން ދެކުނަށް އެ ޤައުމުގެ ހުޅަނގު ފަރާތު އައްސޭރިފަށުން ދަތުރުކޮށްފައިވާ އިރުގައި ދެވަނަ އުޅަނދު ދަތުރު ކޮށްފައި ވަނީ ޖަޕާނުގެ އިރުމަތީ ފަރާތުންނުވެ.
މި ހާދިސާއާ ގުޅޭ އިތުރު މަޢުލޫމާތު ޖަޕާނުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، ރަޝިޔާގެ އުޅަނދުތައް ޖަޕާން ކައިރިއަށް ޖާސޫސް ކުރަން ފޮނުވާފައި ވަނީ، ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ޖަޕާނަށް ދަތުރުފުޅެއް ކުރައްވަމުން ގެންދެވި ދަނޑިވަޅާ ދިމާކޮށެވެ.
ރަޝިޔާ ސިފައިން ޔޫކްރެއިނަށް ފޮނުވައިގެން އެ ޤައުމުގެ ރައީސް ވްލަޑިމިޔަރ ޕުޓިން ފައްޓަވާފައިވާ ހަނގުރާމައާ ގުޅިގެން އެމެރިކާއިން އިސްވެ އޮވެ ރަޝިޔާއާ ދެކޮޅަށް ވަނީ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. މި ފިޔަވަޅުތަކުގައި ޖަޕާނުން ވެސް ވަނީ ބައިވެރިވެފައެވެ.
ރަޝިޔާއިން ޗައިނާއާ ގާތް ގުޅުމެއް ބާއްވަމުން ދިޔުމުގެ އެއް ސަބަބަކީ ރަޝިޔާއަކީ ސަރަޙައްދީ ސަލާމަތާއި ރައްކާތެރި ކަމަށް އޮތް ނުރައްކަލެއްގެ ގޮތުގައި ޖަޕާނުން ދެކުމެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށުމުގެ ކުރިން ވެސް ޖަޕާނާއި ރަޝިޔާއާ ދެމެދު އޮތީ ނުތަނަވަސް ގުޅުމެކެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން