logo

ސްޕްރީމްކޯޓުގެ ތަޅުއެޅުވީކީ ނޫން، އެއީ ސިޔާސީ ކަމެއްވެސް ނޫން، އިންސާފު ގާއިމުކުރީ: ރައީސް ޔާމީން

profile

ރިޟްވާން މޫސާ - 14 ސެޕްޓެމްބަރު 2026 - 13:05

އެމަނިކުފާނުގެ ވެރިކަމުގައި ގާނޫނާއި، ޙިލާފު އެތަކެއް ކަމެއް ކުރެއްވެވި ކަމަށާއި، ސްޕްރީމް ކޯޓުގައި ތަޅުވެސް އެޅުއްވީ ކަމަށް ވިދާޅުވެ ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

https://wamco.com.mv/

ސްޕްރީމް ކޯޓުގެ ފުރާޅުން ޓިނުނަގައި އެތަނަށް ވަދެ ފަނޑިޔާރުން ހައްޔަރުކުރިކަމަށް ބުނާ މައްސަލަ އަކީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ހިނގައިދިޔަ ބޮޑު ހާދިސާއެކެވެ. އެރޭ ފުލުހުންނާއި ސިފައިން ވަނީ ސްޕްރީމް ކޯޓަށް ވަދެ ފަނޑިޔާރުންތައް ގެންދަވާފަ އެވެ. މިފަދަ ކަމެއް ފުލުހުން ކުރައްވާފައިވަނީ ފުލުހުންނަށް ހުށައެޅިފައިވާ މައްސަލައަކާއި ގުޅިގެން އެ މައްސަލައިގެ ތަހުގީގަށް ފަނޑިޔާރުން ހާޒިރުނުވުމުންނެވެ.

މި މައްސަލަ އަކީ ސިޔާސީ ސަބަބުތަކަށްޓަކައި ހުކުމްކޮށް ޖަލަށްލާފައިވާ ކަމަށް ބުނާ ސިޔާސީ ލީޑަރުން (އޭގެ ތެރޭގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ގާސިމް އިބްރާހީމާއި، އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުއްﷲ) ހިމެނޭހެން މިނިވަންކުރުމަށް ސްޕްރީމް ކޯޓުން އަމުރު ކުރުމާއި، 12 މެންބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ބުނާ މައްސަލައިގައި ގޮނޑު ނުގެއްލޭ ކަމަށް ކަނޑައަޅައި ސްޕްރީމް ކޯޓުން ހުކުން ކޮށްފައިވާ މައްސަލައެއްގައި އެ ހުކުމް ތަމްފީޒް ނުކޮށް ފަނޑިޔާރުން ތަހުގީގަށް ހާޒިރު ކުރަން ޖެހުނު މައްސަލަ އެކެވެ.

undefined

ސްޕްރީމް ކޯޓުން އޭރު ނެރުނު އަމުރުގައި ވަނީ އެކޯޓުން ކުރިން ނެރުނު ސިޔާސީ މީހުން ހައްޔަރު ކުރުމުގެ އަމުރު ނެރެވިފައިވަނީ އަވަސްއަރުވާލައިގެން ކަމަށާއި، އެހުކުމް އަލުން މުރާޖާ ކުރުމަށާއި، އަލުން އެ ސިޔާސީ ހައްޔަރީން ދޫކޮށްލުމަށެވެ.

ޕީއެންއެފް އިން ބާއްވަމުން އަންނަ ޓައުން ހޯލް ޖަލްސާތަކުގެ ތެރެއިން ރޭ ބޭއްވި ޖަލްސާގައި ސްޕްރީމް ކޯޓުގެ ފުރާޅު ޓިނު ނެގި ވާހަކަ އާއި، ކޯޓުގައި ތަޅުއެޅުވި ވާހަކަ އަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ގާނޫނާއި، ޙިލާފަށް މިފަދަ ކަމެއް ނުކުރައްވާ ކަމަށާއި، އެމަނިކުފާނު އިންސާފު ގާއިމުކޮށްދެއްވީ ކަމަށެވެ. އަދި ވިދާޅުވީ ސިޔާސީ ގޮތުން އެއްވެސް ފަރާތެއް ހައްޔަރުކޮށްފައިނުވާނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ސްޕްރީމް ކޯޓުގައި ތަޅުއެޅުވިކަމަށް ބުނެ ދައްކަވަނީ ސިޔާސީ ވާހަކަތަކެއް ކަމަށާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުން ބޭރުވެ ޙިޔާނާތާއި، ކޮރޮޕްޝަން އިންތިހާޔަށް އޮތް މިންވަރު ހެއްކާއި ގަރީނާ އާއި އެކު އެމަނިކުފާނަށް ލިބިވަޑައިގެންނެވުމުން ފަނޑިޔާރުންގެ މައްސަލަ ބެލުމަށް ފުލުހުންނަށް ހުށައެޅުއްވީ ކަމަށެވެ.

ޖަލްސާގައި ރައީސް ޔާމީން ވަނީ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ސައީދަށް މެލޭޝިއާއިން ދެ ފްލެޓަކާއި، ފަނޑިޔާރު އަލީ ހަމީދަށް ވެސް މެލޭޝިއާއިން ފުލެޓްތަކެއް ލިބިވަޑައިގެންފައިވާ ކަމަށް ބުނާ މައުލޫމާތުތަކެއް ހެއްކާއިއެކު ހުރިކަމަށް ވެސް ވިދާޅުވެފަ އެވެ.

"އަބުﷲ ސައީދަށް މެލޭޝިއާއިން ދެ ފްލެޓް އަލީ ހަމީދަށް މިތަކެއް ފުލެޓެއް މި ގަނެދީފަ މިއޮތީ މިއަނި ކުންފުންޏެއްގެ މިއަނި މީހެއްގެ ދަރިއެކޭ. އިގޭތޯ. އެހެންވީމަ ރިޝްވަތު ހިނގައިފި. ދެން ހަމަ އަމިއްލަ އިއުތިރާފުން ދެއްތޯ ގާސިމް ބުނުނއްވަނީ ތިމަންނަމެން ސްޕްރީމް ކޯޓުން އަމުރެއް ނެރުނީމަ އެ އަމުރަކަށްވެސް ތަބާވާކަށް ބޭނުމެއް ނުވިޔޭ. އެހެންނޫންތޯ. ދެން މިބުނަނީ ތިމަންނައޭ އެބަ ކިޔާ ހެއްޔޭ؟." ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ސްޕްރީމް ކޯޓުގެ އިންސާފާއިމެދު އޭރު ވިސްނަވަން ޖެހޭ ކަމަށާއި، އިންސާފު ގާއިމުކުރެއްވުމަށް ފުލުހުންގެ މައްޗަށް މި މައްސަލަތައް ތަހުގީގު ކުރައްވަން އެމަނިކުފާނު އޯޑަރެއް ނެރުއްވީ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ފަނޑިޔާރުންނާއިމެދު އަމަލ؛ުކުރެވޭ އުސޫލުތަކެއް ގާނޫނު އަސާސީގައި ސާފުކޮށް އޮންނަ ކަމަށާއި، ފަނޑިޔާރުންނާއި، ގުޅޭ ސުލޫކީ މައްސަތަކެއް ހުރެއްޖެނަމަ އެ މައްސަލަތަކެއް ބެއްލެވެން ޖެހޭނެ ކަމަށެވެ.

https://wamco.com.mv/
tel:+9607331319