logo

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުނު އިރު ރައީސް ޑރ މުއިއްޒުގެ އަޙުލާގާއިމެދު ރައްޔިތުން ސުވާލު އުފައްދާ: ޑރ ޖަމީލް

profile

ރިޟްވާން މޫސާ - 14 ސެޕްޓެމްބަރު 2026 - 11:02

ދިވެހި ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރަމުންދާއިރު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނެވި ރައީސް ޑރ މުޙައްމަދު މުއިއްޒުގެ އަޙްލާގީ ފެންވަރާއިމެދު ރައްޔިތުން ސުވާލު އުފައްދަމުން އަންނަ ކަމަށް ކުރީގެ ނައިބްރައީސް ޑރ މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

ޕީއެންއެފް އިން ރައީސް ޔާމީނާއެކު ބޭއްވި "ޓައުންހޯލް" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ ޖަމީލް ވިދާޅުވީ ރާއްޖެއިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރާއިރު ފަގުޑި އަޅައިގެން ތިއްބެވި ދީނީ އިލްމުވެރިން ދީނުގެ މި ފޭރާމުގެ ވާހަކަ މިއަދު ދައްކަވަންޖެހޭ ކަމަށެވެ.

ޑރ ޖަމީލް ވިދާޅުވީ އިސްލާމްދީނުގެ މަތިވެރިކަމުގެ ވާހަކަ އާއި ރާއްޖެ އިސްލާމް ވިފަހުން 900 އަހަރު ފުރުމުގެ ކާމިޔާބީ މިއަދު ފާހަގަ ކުރައްވާއިރު ސަރުކާރު ހިންގުމަށް އަދި ރައްޔިތުންގެ ކުރިފުޅު މަތީގައި ވެސް ރައީސުލް ޖުމްހޫރިއްޔާ އަކަށް ހުންނެވި ބޭފުޅަކު ދޮގު މައްޗަށް ބުހުތާނު ދޮގު ހެއްދެވުމުން ދީނީ ފޭރާން މިއަދު ކޮބައިތޯ ސުވާލު އުފައްދަން ޖެހޭ ކަމަށެވެ.

ޑރ ޖަމީލް ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ވަރަށް ގިނަ ކަމަށާއި، ތުހުމަތު ތަކާއެކު ރައްޔިތުންގެ ވެރިއަކަށް ހުންނެވި ބޭފުޅަކު ނުވަތަ ރައްޔިތުންނަށް ނަމޫނާ ދައްކަވަން ހުންނެވި ބޭފުޅަކަށް މިފަދަ ތުހުމަތުތައް ކުރުމުން ބަލައިނުބަނެވޭނެ ކަމަށެވެ.

އެގޮތުން ޑރ ޖަމީލް ވަނީ ރައީސުލް ޖުމްހޫރިއްޔާ ރިޝްވަތު ބައްސަވާ ވާހަކަ އާޢި، ރިޝްވަތަކީ ދީނުގައި ކިހައި ނުބައިކަމެއްކަމާއި، އެކަމުގެ ހުރި ނުރައްކާ ކަމުގެ މައްޗަށް ވެސް ވާހަކަފުޅު ދައްކަވާފަ އެވެ.

ޑރ ޖަމީލް ވަނީ ރާއްޖޭގައި ހުރި އެސްއޯއީތަކަށް އަތްބާނައިގެން ފައިސާ ލޫޓުވަމުން އަންނަނީ ވެސް ރައީސް ޑރ މުއިއްޒުކަމަށް ތުހުމަތުތަކެއް ކުރައްވާފަ އެވެ. ހަމަ އެއާއެކު މިފަދަ ކަންކަން ހުރިއިރު މިއަދު ދީނީ އިލްމުވެރިން ހުރީ ކޮންތަނެއްގައިތޯ ޑރ ޖަމީލް ވަނީ ސުވާލު އުފައްދަވާފަ އެވެ.

އަދި މީގެ އިތުރުން ރައީސް މުއިއްޒުގެ މައްޗަށް އަޙްލާގީ ތުހުމަތުތަކެއް ވެސް ކުރެވޭ ވާހަކަ އާއި، ރައީސް އޮފީހުގެ ކަރާމާތާއި އެކު ތުހުމަތުތަކެއް ހުރި ކަމަށެވެ.

https://wamco.com.mv/
tel:+9607331319