
އިޤްތިޞާދީ ވުޒާރާގެ އިސްވެރިން ކޮމަންވެލްތު ސެކްރެޓޭރިއަޓްގެ ވަފުދަކާ ބައްދަލުވުމެއް!

އާމިނަތު ޝަޒްލާ - 24 އޯގަސްޓު 2026 - 13:28
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ އިސްވެރިން، ކޮމަންވެލްތު ސެކްރެޓޭރިއަޓްގެ އެޑްވައިޒަރ އަދި ހެޑް އޮފް ޓްރޭޑް ކޮމްޕެޓިޓިވްނަސް ސެކްޝަން، މިޒް އޮޕެޔެމީ އަބޭބޭއާ ބައްދަލުކުރައްވައިފިއެވެ.
އިޤްތިޞާދީ ވުޒާރާގައި ބޭއްވުނު މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ ކޮމަންވެލްތާއި މިނިސްޓްރީއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނެވެ.
މީގެ އިތުރުން، އިޤްތިޞާދު ސިންދަފާތުކުރުމަށް ކަނޑައަޅުއްވާފައިވާ އިސްތިރާތީޖީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކޮމަންވެލްތުގެ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. އަދި ރާއްޖޭގައި އީޖާދީ އިޤްތިޞާދެއް (ކްރިއޭޓިވް އިކޮނޮމީ) ބިނާކޮށް ކުރިއެރުވުމަށާއި، ވިޔަފާރީގެ މުޢާމަލާތްތައް މިހާރަށްވުރެ ފަސޭހަކޮށްދިނުމަށް (ޓްރޭޑް ފެސިލިޓޭޝަން) ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ދެފަރާތުން ޚިޔާލު ބަދަލުކުރެއްވިއެވެ.
މި ބައްދަލުވުމަކީ ރާއްޖޭގެ ވިޔަފާރީގެ ވެށި އިތުރަށް ހަރުދަނާކޮށް، ބައިނަލްއަޤްވާމީ ވިޔަފާރީގެ މައިދާނުގައި ވާދަވެރިކަން އިތުރުކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.
ގުޅުން ހުރި ޙަބަރުތައް

ޖޫރިމަނާގެ އެއް މިލިއަން ރުފިޔާ އަދީބު ދައުލަތަށް ދައްކައި ޚަލާޞްކޮށްފި
3 ގަޑިއިރު ކުރިން

މޭޔަރާއި ދެ ކައުންސިލަރުން މެލޭޝިއާއަށް ފުރާވަޑައިގެންފި
3 ގަޑިއިރު ކުރިން
.png&w=3840&q=75)
އޭސީސީގެ މަގާމަށް ސީބީއެމްގެ ރައީސް ފައިސަލް އަނެއްކާވެސް އިންތިޚާބުވެއްޖެ
9 ގަޑިއިރު ކުރިން

ރާއްޖޭގައި ބިނާކުރެވޭ އެންމެ ބޮޑު ވަޤްފު ޢިމާރާތް "ދާރުއްސަލާމް" ގެ މަސައްކަތް ފަށައިފި
9 ގަޑިއިރު ކުރިން


