
ރާއްޖޭގައި ބިނާކުރެވޭ އެންމެ ބޮޑު ވަޤްފު ޢިމާރާތް "ދާރުއްސަލާމް" ގެ މަސައްކަތް ފަށައިފި

އާމިނަތު ޝަޒްލާ - 24 އޯގަސްޓު 2026 - 13:32
ދިވެހިރާއްޖޭގައި މިހާތަނަށް ބިނާކުރެވޭ އެންމެ ބޮޑު ވަޤްފު ޢިމާރާތް ކަމަށްވާ "ދާރުއްސަލާމް" ގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
މި މަޝްރޫޢުގެ މަސައްކަތް ފެށިކަން ހާމަކޮށްފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންނެވެ.
އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަޝްރޫޢަކީ ސަރުކާރުން އިސްލާމީ ކަންކަމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން، ރާއްޖޭގެ ވަޤްފު ފަންޑު އިތުރަށް ތަރައްޤީކޮށް ފުޅާކުރުމަށް ފަށްޓަވާފައިވާ ވަރަށް މުހިންމު މަސައްކަތެކެވެ. މި ޢިމާރާތަކީ ޒަމާނީ ފެންވަރަށް ތަރައްޤީކުރެވޭ، ގިނަ ޚިދުމަތްތަކެއް އެކުލެވިގެންވާ އޮފީސް އަދި ވިޔަފާރި ކޮމްޕްލެކްސްއެކެވެ.
މި މަޝްރޫޢު ފެށުމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ވަޤްފު ފަންޑަށް ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ލިބޭނެ މަގު ތަނަވަސްކުރުމެވެ. އަދި މި ޢިމާރާތުން ލިބޭ އާމްދަނީ ހޭދަކުރުމަށް ހަމަޖެހިފައިވަނީ ދީނީ އެކި ޕްރޮގްރާމްތައް ހިންގުމަށާއި، މިސްކިދުތައް ބިނާކޮށް މަރާމާތުކުރުމުގެ އިތުރުން އިސްލާމީ ދަޢުވަތު ފުޅާކުރުމުގެ އެކި މަސައްކަތްތަކަށެވެ.
ދާރުއްސަލާމް ވަޤްފު ޢިމާރާތުގެ މަސައްކަތް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ނިންމުމަށްޓަކައި ބާރަށް މަސައްކަތް ކުރިއަށްދާ ކަމަށާއި، މިއީ ރާއްޖޭގެ އިސްލާމީ ތާރީޚުގައި ވަޤްފުގެ ދާއިރާއިން ފެށުނު ވަރަށް ތާރީޚީ އަދި ފާހަގަކޮށްލެވޭ ފަދަ ބޮޑު މަޝްރޫޢެއް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ފާހަގަކުރައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ޖޫރިމަނާގެ އެއް މިލިއަން ރުފިޔާ އަދީބު ދައުލަތަށް ދައްކައި ޚަލާޞްކޮށްފި
3 ގަޑިއިރު ކުރިން

މޭޔަރާއި ދެ ކައުންސިލަރުން މެލޭޝިއާއަށް ފުރާވަޑައިގެންފި
3 ގަޑިއިރު ކުރިން
.png&w=3840&q=75)
އޭސީސީގެ މަގާމަށް ސީބީއެމްގެ ރައީސް ފައިސަލް އަނެއްކާވެސް އިންތިޚާބުވެއްޖެ
9 ގަޑިއިރު ކުރިން

ވިހެއުމުގެ ޗުއްޓީގެ މައްސަލަ ހައްލުކުރަން ސީއެސްސީގެ ގަވާއިދަށް ބަދަލެއް!
9 ގަޑިއިރު ކުރިން


