logo

ޖޫރިމަނާގެ އެއް މިލިއަން ރުފިޔާ އަދީބު ދައުލަތަށް ދައްކައި ޚަލާޞްކޮށްފި

profile

އާމިނަތު ޝަޒްލާ - 24 އޯގަސްޓު 2026 - 19:11

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ދައުލަތަށް ދައްކަވަން ޖެހިވަޑައިގަންނަވާ 2 މިލިއަން ރުފިޔާގެ ތެރެއިން ބާކީ ނުދައްކަވާ އޮތް 1 މިލިއަން ރުފިޔާ ދައްކަވައި ޚަލާސްކުރެއްވުމުން، އެ މައްސަލަ ސިވިލް ކޯޓުން ނިންމާލައިފިއެވެ.

https://wamco.com.mv/

ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ޚިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާއަށް އޭނާ އިއުތިރާފުވެވަޑައިގަތުމުން، ކްރިމިނަލް ކޯޓުން 5 އޮކްޓޯބަރު 2020 ގައި ހުކުމްކުރީ 20 އަހަރަށް ޖަލަށްލުމާ އެކު، ޖޫރިމަނާއެއްގެ ގޮތުގައި އެއް މަސް ދުވަހުގެ ތެރޭގައި 2 މިލިއަން ރުފިޔާ ދައުލަތަށް ދެއްކެވުމަށެވެ. ނަމަވެސް އެ މުއްދަތުގައި އަދީބު ދައްކަވާފައި ވަނީ 1 މިލިއަން ރުފިޔާއެވެ. ބާކީ 1 މިލިއަން ރުފިޔާ ނުދައްކަވާ އޮތުމުން، އެ ފައިސާ ހޯދުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ސިވިލް ކޯޓަށް ދެވަނަ ފަހަރަށް މައްސަލަ ހުށަހެޅިއެވެ.

ސިވިލް ކޯޓަށް ހުށަހެޅި މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، އަދީބު މިހާރު ވަނީ ބާކީ އޮތް 1 މިލިއަން ރުފިޔާ އެއްކޮށް ދައްކަވައި ޚަލާސްކުރައްވާފައެވެ. އެގޮތުން 11 ސެޕްޓެމްބަރުގައި 100،000 (އެއްލައްކަ) ރުފިޔާ ދައްކަވާފައިވާއިރު، ބާކީ އޮތް 900،000 (ނުވަލައްކަ) ރުފިޔާ ދައްކަވާފައި ވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ.

އަދީބުގެ ފަރާތްޕުޅުން ދައުލަތަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކަވައި ނިންމެވުމާ ގުޅިގެން، ކްރިމިނަލް ކޯޓުގެ ހުކުމް ތަންފީޒުވެފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މި މަހުގެ 19 ވަނަ ދުވަހު ސިވިލް ކޯޓުގައި އެދުނެވެ. އެހެންކަމުން، ހުކުމާ އެއްގޮތަށް ފައިސާ ދައްކައި ޚަލާސްކޮށްފައިވާތީ ސިވިލް ކޯޓުން ވަނީ މި މައްސަލަ ނިންމާލާފައެވެ.

https://wamco.com.mv/
tel:+9607331319