
މޭޔަރާއި ދެ ކައުންސިލަރުން މެލޭޝިއާއަށް ފުރާވަޑައިގެންފި

އާމިނަތު ޝަޒްލާ - 24 އޯގަސްޓު 2026 - 19:11
ލޯކަލް ގަވަރމަންޓްތަކާ ބެހޭ އެންމެ ބޮޑު އެސޯސިއޭޝަން ކަމުގައިވާ "ސިޓީ ނެޓް"ގެ 46 ވަނަ ސަރަހައްދީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމާއި ދެ ކައުންސިލަރަކު މެލޭޝިއާއަށް ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި މޭޔަރ ޢާޒިމްގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވާ ދެ ކައުންސިލަރުންނަކީ ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރު ޢާއިޝަތު ނާޒިމާ އަދި ހެންވޭރު އުތުރު ދާއިރާގެ ކައުންސިލަރު ފާޠިމަތު ލައިޒާއެވެ.
ސަރަހައްދީ އެކި ސިޓީތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ މި މުހިންމު ބައްދަލުވުން ކުރިއަށްދަނީ މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގެ ސިޓީ ހޯލް ޓްރޭނިންގ އިންސްޓިޓިއުޓްގައެވެ.
މި ބައްދަލުވުމުގެ ތެރެއިން، ލާމަރުކަޒީ އުސޫލުން ސިޓީ ފެންވަރުގައި އެކުލަވާލި ފުރަތަމަ ވޮލަންޓަރީ ލޯކަލް ރިވިއު (ވީ.އެލް.އާރު) އާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްދާނެއެވެ. އެގޮތުން، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ އެސް.ޑީ.ޖީ 11 (ސަސްޓެއިނަބަލް ސިޓީސް އެންޑް ކޮމިއުނިޓީސް) އާ ގުޅޭ މުހިންމު ދާއިރާތަކަށް އަލިއަޅުވާލުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ބޯހިޔާވަހިކަމާއި، ދަތުރުފަތުރުގެ ނިޒާމާއި، އާސާރީ ތަންތަން ހިމާޔަތްކުރުމާއި، ޤުދުރަތީ ހާދިސާތަކުން ރައްކާތެރިވުމާއި، މާލެ ސިޓީ ފެހިކުރުމުގެ އިތުރުން ސަރަހައްދީ ޕްލޭނިންގ ހަރުދަނާކުރުން ހިމެނެއެވެ.
މީގެއިތުރުން، އެސް.ޑީ.ޖީ 11 ގެ ލަނޑުދަނޑިތައް އިތުރަށް ވަރުގަދަކުރުމަށާއި، މި ޒަމާނުގެ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ޓެކްނޮލޮޖީ ބޭނުންކޮށްގެން ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ވަނީ އެޖެންޑާކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ޖޫރިމަނާގެ އެއް މިލިއަން ރުފިޔާ އަދީބު ދައުލަތަށް ދައްކައި ޚަލާޞްކޮށްފި
3 ގަޑިއިރު ކުރިން
.png&w=3840&q=75)
އޭސީސީގެ މަގާމަށް ސީބީއެމްގެ ރައީސް ފައިސަލް އަނެއްކާވެސް އިންތިޚާބުވެއްޖެ
9 ގަޑިއިރު ކުރިން

ރާއްޖޭގައި ބިނާކުރެވޭ އެންމެ ބޮޑު ވަޤްފު ޢިމާރާތް "ދާރުއްސަލާމް" ގެ މަސައްކަތް ފަށައިފި
9 ގަޑިއިރު ކުރިން

ވިހެއުމުގެ ޗުއްޓީގެ މައްސަލަ ހައްލުކުރަން ސީއެސްސީގެ ގަވާއިދަށް ބަދަލެއް!
9 ގަޑިއިރު ކުރިން


