
ވިހެއުމުގެ ޗުއްޓީގެ މައްސަލަ ހައްލުކުރަން ސީއެސްސީގެ ގަވާއިދަށް ބަދަލެއް!

އާމިނަތު ޝަޒްލާ - 24 އޯގަސްޓު 2026 - 13:31
ދައުލަތުގެ ވަޒީފާތަކުގައި އުޅޭ މުވައްޒަފުން ވިހެއުމާ ގުޅިގެން ނަގާ ޗުއްޓީތަކުގެ ސަބަބުން ޕްރޮމޯޝަން ނުވަތަ މަގާމުގެ ކުރިއެރުން ނުލިބޭ މައްސަލަ ހައްލުކުރުމަށްޓަކައި، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އުސޫލުތަކަށް މުހިންމު ބަދަލުތަކެއް ގެނެސްފިއެވެ.
މި ބަދަލު ގެނެސްފައިވަނީ ދައުލަތުގެ އައު ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ ސިވިލް ސާވިސްގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލަށެވެ. އެގޮތުން، މި އުސޫލުގެ 3 ވަނަ މާއްދާއަށް ސީއެސްސީން ވަނީ 6 އިސްލާހެއް ގެނެސްފައެވެ.
ކޮމިޝަނުން ގެނައި މި އިސްލާހުތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ، މުސާރައިގެ ކުރިއެރުން ދިނުމުގައި މީގެ ކުރިން އޮތް ގޮތަށް ޖެހިޖެހިގެން ދެ އަހަރުގެ ޕާފޯމަންސް އެޕްރައިޒަލްއިން 85 މާކްސް ހޯދަން ޖެހޭ ޖެހުން ބަދަލުކުރުމެވެ. އައު އިސްލާހާ އެކު، މެދުކެނޑުމަކަށްފަހު ވެސް ދެ އަހަރުގެ ޕާފޯމަންސް އެޕްރައިޒަލް އިން 85 މާކްސް ހޯދޭނެ ގޮތަށް މިހާރު ވަނީ މަގުފަހިކޮށްދީފައެވެ. ވިހެއުމުގެ ޗުއްޓީގެ އިތުރުން ބޭސްފަރުވާ ކުރުން ފަދަ ދިގު މުއްދަތުގެ ޗުއްޓީތައް ނަގާ މުވައްޒަފުންނަށް ވެސް އަމަލުކުރާނީ މި އުސޫލުގެ ދަށުންނެވެ.
މީގެ އިތުރުން، މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ވެސް ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދިނުމުގެ އުސޫލަށް ވަނީ އިސްލާހެއް ގެނެސްފައެވެ. އެ އިސްލާހުގެ ދަށުން، މަޤާމުގެ ކުރިއެރުން ހައްގުވާ ތާރީޚުން ފެށިގެން މުސާރައިގެ ކުރިއެރުން ލިބޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.
ދައުލަތުގެ ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ ސިވިލް ސާވިސްގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދެވޭނީ، އެކަމަށް ކަނޑައަޅާފައިވާ އެންމެހައި ޝަރުތުތަކާއި ކަންތައްތައް ފުރިހަމަވުމުންނެވެ. އެހެންނަމަވެސް، މަޤާމުގެ ކުރިއެރުން ހައްގުވެ، އިދާރީ ގޮތުން ފުރިހަމަވާންޖެހޭ ކަންކަން ލަސްވުމުގެ ސަބަބުން ވަގުތުން މުސާރައިގެ ކުރިއެރުން ނުލިބުނު ކަމުގައި ވިޔަސް، ފަހުން އެ ކުރިއެރުން ހަމަޖެހުމުން އެ މުއްދަތަށް ނުލިބިވާ ފައިސާ މުވައްޒަފުންނަށް ލިބިގެންދާނެ ކަމަށް ސީއެސްސީން ބުނެފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ޖޫރިމަނާގެ އެއް މިލިއަން ރުފިޔާ އަދީބު ދައުލަތަށް ދައްކައި ޚަލާޞްކޮށްފި
3 ގަޑިއިރު ކުރިން

މޭޔަރާއި ދެ ކައުންސިލަރުން މެލޭޝިއާއަށް ފުރާވަޑައިގެންފި
3 ގަޑިއިރު ކުރިން
.png&w=3840&q=75)
އޭސީސީގެ މަގާމަށް ސީބީއެމްގެ ރައީސް ފައިސަލް އަނެއްކާވެސް އިންތިޚާބުވެއްޖެ
9 ގަޑިއިރު ކުރިން

ރާއްޖޭގައި ބިނާކުރެވޭ އެންމެ ބޮޑު ވަޤްފު ޢިމާރާތް "ދާރުއްސަލާމް" ގެ މަސައްކަތް ފަށައިފި
9 ގަޑިއިރު ކުރިން


