
ރައްޔިތުން މަޖިލީހިގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސައިން ޒިޔާދު
އެއުޅެނީ "ދިވެހިންގެ ރާއްޖެ" އޭ ކިޔައިގެން ރާއްޖެ ފޭރިގަންނަން، އެކަމެއް ނުވާނެ: ޒިޔާދު

ރިޟްވާން މޫސާ - 05 އޮކްޓޯބަރު 2026 - 14:40
މި ރާއްޖެ އަކީ ދިވެހިންގެ ރާއްޖެ ކަމަށާއި، މިއީ ސައްތައިން ސައްތަ ދިވެހި ލޮބުވެތި ވަތަން ކަމަށް ވިދާޅުވެ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ދިވެހީންގެ އަތުން ރާއްޖެ ފޭރިގަންނަން ކަމަށް ވައިކަރަދޫ ދާއިރާގެ މަޖިލިސް މެންބަރު، ހުސެއިން ޒިޔާދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރަސްމާލޭގެ ބިމުން 500 ހެކްޓަރު ބޭރުގެ ބަޔަކަށް ކުއްޔަށް ދިނުމާ ގުޅޭ ގޮތުން ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ޒިޔާދު ވިދާޅުވީ ރަސްމާލޭގެ ބިމުގެ އެއްބައި ބޭރުގެ ބަޔަކަށް ދިނުމަކީ ރާއްޖޭގެ މިނިވަންކަން ގެއްލިގެންދާނެ ކަމެއް ކަމަށެވެ.
ރަސްމާލޭގެ ބިން ބޭރުގެ ބަޔަކަށް ދިނުމަކީ ރިސޯޓުތައް ތަރައްގީކުރަން ރަށްތަށް ދޫކުރުމާ އެތައް ގޮތަކުން ތަފާތުކަމެއްކަން ޒިޔާދު ފާހަގަކުރެއްވި އެވެ.
އެގޮތުން، ރާއްޖޭގައި ތަރައްގީކުރާ ރިސޯޓުތަކަށް އަންނަނީ ފަތުރުވެރިން ކަމަށާއި އެ މީހުންނަކީ ޗުއްޓީ ހޭދަކޮށްލުމަށްފަހު އެނބުރި ދާ ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، ރަސްމާލޭގެ ބިން ބޭރުގެ ބަޔަކަށް ދެނީ އެ ތަނުގައި އެ މީހުންނަށް ވަޒަންވެރިވެ ދިރިއުޅެވޭ ގޮތަށް ކަމަށް ޒިޔާދު ވިދާޅުވި އެވެ.
ރަސްމާލޭގެ ބިން ބޭރުގެ ބަޔަކަށް ދިނުމާ ދެކޮޅުހަދަން ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންނަށް ކެރިވަޑައިނުގަންނަވަނީ އެ ބޭފުޅުންގެ އަޅުވެތިކަން ބޮޑުކަމުން ކަމަށް ޒިޔާދު ތުހުމަތުކުރެއްވި އެވެ.
މުޅި ރާއްޖޭގެ އިގުތިސާދު އަނދަވަޅަކަށް ވައްޓާލައިފައި ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ އެ ތަނުން ދިވެހީންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ކަމަށް ޒިޔާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަސްމާލެއިން ދިވެއްސަކަށް ބިންކޮޅެއް ލިބެނީ އެ މީހެއްގެ ވަންހަދިލަކޮޅުން ވާރުތަވަމުން އައި މުދާ ދޫކޮށްލާފައި ކަމަށެވެ. އެހެންނަމަވެސް، ރަސްމާލޭގެ ދެބައިކުޅަ އެއްބައި ބޭރުގެ ބަޔަކަށް ލިބުމުން، ފަސޭހަކަމާއެކު އެ ތަނުން ޕްރޮޕަޓީތައް ގަނެގެން ބޭރުގެ މީހުންނަށް އެ ތަނުގައި ވަޒަންވެރިވުމުގެ ފުރުސަތު ހުޅުވިގެންދާކަން އޭނާ ފާހަގަކުރެއްވި އެވެ.
ގުޅުން ހުރި ޙަބަރުތައް

ރަސްމާލެ ވިއްކާލައިގެން އުޅެނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ލާރި ހޯދަން: މީކާއީލް
3 ގަޑިއިރު ކުރިން
.webp&w=3840&q=75)
މެދުއިރުމަތިން ތެޔޮ ބޭރުކުރުން އިތުރުވެ، ބޯޓުތަކަށް އޮތް ނުރައްކާއިތުރުވެއްޖެ
5 ގަޑިއިރު ކުރިން
.webp&w=3840&q=75)
ޣައްޒާގެ ސަރަހައްދުތަކަށް އިސްރާއީލުން ދިން ހަމަލާތަކެއްގައި ދެ މީހަކު ޝަހީދުވެ، 10 މީހަކު ޒަޚަމްވެއްޖެ
ދުވަހެއް ކުރިން

ފުލައި ދުބާއީ ބޯޓު ވައްޓާލަން އުޅުނު މައްސަލައިގައި ދުބާއީން ދެ ދިވެއްސަކާއި ސުވާލުކޮށްފި!
ދުވަހެއް ކުރިން


