
ރަސްމާލެ ވިއްކާލައިގެން އުޅެނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ލާރި ހޯދަން: މީކާއީލް

ރިޟްވާން މޫސާ - 05 އޮކްޓޯބަރު 2026 - 12:01
ރަސްމާލެ ވިއްކާލައިގެން އުޅެނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ފައިސާ ހޯދަން ކަމަށާއި، ޕީއެންސީގެ އިސް ސަފުގައި ތިއްބެވި ފަރާތްތަކުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ފައިސާ އަށް ރާއްޖެ ވިއްކާލަން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
ދުބާއީގެ އީގަލްސް ހިލްސް ކުންފުންޏަށް ރަސްމާލެ ޕްރޮޖެކްޓުގެ ތެރެއިން 500 ހެކްޓަރުގެ ބިމެއް 99 އަހަރަށް ކުއްޔަށް ދީފައިވާތީ އެ ކަމުގެ ތަފްސީލީ މައުލޫމާތު ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހަށް މީކާއީލް މިއަދު ވަނީ ކުއްލި މައްސަލައެއް ހުށައަޅާފަ އެވެ.
މީކާއީލް ކުއްލި މައްސަލަ ހުށައަޅަމުން ވިދާޅުވީ ޕީއެންސީގެ ސަރުކާރުން މިހާރު މަސައްކަތް ކުރަމުން ދަނީ ރައްޔިތުންގެ ފައިސާ އިން އަދި ރައްޔިތުންގެ މުދަލުން ނަހަމަ ގޮތުގައި ބޭނުންކޮށް ރާއްޖޭގެ ބިންތައް ވިއްކާލުމާއެކު އަންނަ ރިޔާސީ އިންތިހާބަށް ފައިސާ އެއްކުރަން ކަމަށެވެ.
މަޖިލީހުގައި މީކާއީލް ވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގަިއ ވެސް ރާއްޖޭގެ ރަށެއް ބޭރުގެ ބަޔަކަށް ވިއްކާލުމަށް އުޅުނު ކަމަށް ވިދާޅުވެ ރައްދެއް ދެއްވާފަ އެވެ.
މީކާއީލް ވިދާޅުވީ މީގެ ކުރިން ފ.އަތޮޅުގެ ރަށެއް ބޭރުގެ ބަޔަކަށް ވިއްކާލުމަށް އޭރުގެ ޕީޕީއެމްގެ ސަރުކާރުން ވެސް ރޭވި ކަމަށާއި، މިފަހަރު ރަސްމާލެ ވިއްކާލުމަށް މަސައްކަތް މިކުރަނީ ޕީއެންސީގެ ސަރުކާރުން ކަމަށެވެ. މީކާއީލް ވިދާޅުވީ ޕީއެންސީ އަދި ޕީޕީއެމް ވެސް ކުރަމުން ދަނީ އެއް ކަމެއް ކަމަށާއި، ރާއްޖެ ވިއްކާލުމަށް ކުރާ މިފަދަ ކޮންމެ ކަމަކުން ކުލަ ތަފާތު ވިކަމުގައިވިނަމަވެސް އެމްޑީޕީން އެކަމާއި ދެކޮޅަށް ތެދުވާނެ ކަމަށެވެ.
މީކާއީލް ވަނީ ގޮތް ނޭނގޭ އެގްރިމެންޓުތަކެއް ހަދައިގެން ބޭރުގެ ބަޔަކަށް ރާއްޖޭގެ ބިމުން ބައެއް ދީފައިވަނީ އެއީ ރިޝްވަތުގެ ކަޓު ނެގުމަށް ކަމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް ފައިސާ ހޯދުމަށް ކުރާ ކަމެއް ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

އެއުޅެނީ "ދިވެހިންގެ ރާއްޖެ" އޭ ކިޔައިގެން ރާއްޖެ ފޭރިގަންނަން، އެކަމެއް ނުވާނެ: ޒިޔާދު
ގަޑިއިރެއް ކުރިން
.webp&w=3840&q=75)
މެދުއިރުމަތިން ތެޔޮ ބޭރުކުރުން އިތުރުވެ، ބޯޓުތަކަށް އޮތް ނުރައްކާއިތުރުވެއްޖެ
5 ގަޑިއިރު ކުރިން
.webp&w=3840&q=75)
ޣައްޒާގެ ސަރަހައްދުތަކަށް އިސްރާއީލުން ދިން ހަމަލާތަކެއްގައި ދެ މީހަކު ޝަހީދުވެ، 10 މީހަކު ޒަޚަމްވެއްޖެ
ދުވަހެއް ކުރިން

ފުލައި ދުބާއީ ބޯޓު ވައްޓާލަން އުޅުނު މައްސަލައިގައި ދުބާއީން ދެ ދިވެއްސަކާއި ސުވާލުކޮށްފި!
ދުވަހެއް ކުރިން


