
ނޭޓޯ ސަމިޓުގައި ނޭޓޯގެ ގައުމުތަކުގެ ލީޑަރުން ބައިވެރިވަނީ.-- ފޮޓޯ: އޭއެފްޕީ
ނޭޓޯގެ ގިނަ ގައުމުތަކުގައި އެމެރިކާގެ އިތުބާރު ގެއްލިއްޖެ

ރިޟްވާން މޫސާ - 17 ޖެނުއަރީ 2026 - 13:49
ނޭޓޯގެ ގިނަ ގައުމުގައި އެމެރިކާގެ އިތުބާރު ގެއްލިއްޖެ ކަމަށް ރީސާޗް މުއައްސަސާއެއް ކަމަށް ގަލުޕް ފައުންޑޭޝަންއިން ނޭޓޯގެ ގައުމުތަކުގެ އާންމުންގެ ޚިޔާލުހުރި ގޮތެއް ބެލުމަށް ކުރި ސާވޭއަކުން ދައްކައިފި އެވެ.
ނޭޓޯގެ ގައުމު ތަކުގެ ތެރޭގައި ހިމެނެނީ އެމެރިކާ ހިމެނޭ ފަދައިން 32 ގައުމެކެވެ.
މި ސާވޭއަކާ ހަވާލާދީ "ނިއުސްވީކް" ބުނާގޮތުން ނޭޓޯގައި ހިމެނޭ 32 ގައުމުގެ ތެރެއިން އަށް ގައުމެއް ރައްޔިތުންގެ ގިނަ ބަޔަކު ބޭނުންވަނީ އެމެރިކާގެ ބަދަލުގައި ޗައިނާއާ ގުޅުންތައް ބަދަހިކޮށް ޗައިނާއާ ގާތްވުމަށެވެ.
އެމެރިކާއަށް ވުރެ ޗައިނާއަށް ތާއީދު ބޮޑު އަށް ގައުމަކީ ކެނެޑާ އިޓަލީ ސްޕެއިން، ތުރުކީ، ލެކްސަންބާގް، ގްރީސް އައިސްލެންޑް އަދި މޮންޓިނެގްރޯއެވެ. ނަމަވެސް، ޗައިނާއަށް ވުރެ އެމެރިކާއަށް އޮންނަ ތާއީދު ބޮޑު ގައުމުތައް ވެސް ނޭޓޯގައި އެބަހުއްޓެވެ.
ނޭޓޯގައި ހިމެނޭ އަނެއް 24 ގައުމުގެ ރައްޔިތުންގެ މެދުގައި ވެސް އެމެރިކާއަށް އޮތް ތާއީދާއި އިތުބާރުވަނީ ވަރަށްބޮޑަށް ކުޑަވެފައެވެ. އެމެރިކާއަށް އޮތް ތާއީދު އެކި ގައުމުތަކުގައި އެކިވަރަށް ދަށްވެފައިވާއިރު ކުރިން އެމެރިކާއަށް 30 އިންސައްތަ ތާއީދު ކުރި ބައެއް ގައުމުތަކުގައި އެތާއީދު މިހާރު ވަނީ އަށް އިންސައްތައަށް ދަށަށް ގޮސްފައެވެ. އަނެއް ބައި ގައުމުތަކުގައިވަނީ 10 އިންސައްތައަށް ދަށަށް ގޮސްފައެވެ.
ނިއުސްވީކް ބުނާގޮތުން ޔޫރަޕްގެ އާންމުންގެ މެދުގައި އެމެރިކާއާ މެދު ރުޅިވެރިކަން އުފެދެންފެށި މައިގަނޑު އެއް ސަބަބަކީ ބައިނަލްއަގްވާމީ ގާނޫނަށް ގޮންޖަހާފައި ޑެންމާކު ސަރަހައްދެއް ކަމަށްވާ ގްރީންލެންޑަށް ވެރިވެގަތުމަށް އެމެރިކާ ނިންމި ނިންމުމެވެ.
ގުޅުން ހުރި ޙަބަރުތައް

ގޭހާއި ތެޔޮ އަދި ކާބޯތަކެތި ހުސްނުވެ ލިބޭނެކަން ޔަގީންކުރެވެންވާނެ: ފައިސަލް ނަސީމް
20 ގަޑިއިރު ކުރިން

ހުރްމުޛް ކަނޑުއޮޅި ހުރަސްކުރުމުގެ ހުއްދަ އިންޑިޔާގެ ދެ އުޅަނދަކަށް
20 ގަޑިއިރު ކުރިން

އެކޮމޮޑޭޝަން ބްލޮކެއްގައި ރޯވެ 5 މީހުން މަރުވުން، ވިސްނާލުން މުހިއްމު ކަމެއް !
2 ދުވަސް ކުރިން

އަލިފާނުގެ ހާދިސާގައި ބިދޭސީންތަކެއް މަރުވި މައްސަލަ އެޗްއާރުސީއެމްގެ ސަމާލުކަމަށް!
2 ދުވަސް ކުރިން


.gif&w=3840&q=75)