
އަލިފާނުގެ ހާދިސާގައި ބިދޭސީންތަކެއް މަރުވި މައްސަލަ އެޗްއާރުސީއެމްގެ ސަމާލުކަމަށް!

މުޙައްމަދު ފަޟްލޫން - 13 މާރިޗު 2026 - 17:51
އދ. ދިގުރަށުގައި ބިދޭސީން އުޅޭ އެކޮމަޑޭޝަން ބްލޮކެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި ފަސް ބިދޭސީއަކު މަރުވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން، އެޗްއާރުސީއެމް އިން ބަލަން ފަށައިފި އެވެ.
އެޗްއާރްސީއެމްއިން ބުނީ އަލިފާނުގެ ހާދިސާގައި އަނިޔާވި ފަރާތްތަކުގެ ހާލަތު އަދި އެ ހާދިސާގެ ވަށައިގެންވާ ކަންތައްތަކުގެ ތެރޭގައި އެއްވެސް އިންސާނީ ހައްގެއް ގެއްލި ނުވަތަ ހަނިވާނެ ފަދަ ކަމެއް ހިނގާފައިވޭތޯ އެ ކޮމިޝަނުން ގާތުން ބަލަމުންދާ ކަމަށެވެ.
ބިދޭސީންގެ ގިނަ އެކޮމަޑޭޝަން ބްލޮކްތަކަކީ އިންސާނީ ހައްގާއި ކަރާމަތް ހަނިވާ ގޮތަށް ހުންނަ ތަންތަން ކަމުގެ ޝަކުވާ އަބަދުވެސް އޮވެ އެވެ. އަދި އެފަދަ ތަންތަނުގެ ހާލަތުގެ ސަބަބުން ހިތާމަވެރި ގިނަ ހާދިސާތަކެއް ހިނގައި، އެތައް ބިދޭސީންނެއް މަރުވެފައިވެ އެވެ.
ދިގުރަށުގެ އެކޮމަޑޭޝަން ބްލޮކެއްގެ ގޮތުގައި ބޭނުންކުރާ ގޭގައި ރޯވީ ގޭސް ލީކުވުމުގެ ސަބަބުންނެވެ.
އަލިފާނުގެ ހާދިސާގައި 5 މީހަކު މަރުވެފައިވާއިރު، ހާދިސާގައި އަނިޔާވި 2 މީހުން އިތުރު ފަރުވާއަށް ވަނީ މާލެ ގެނެސްފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

އެކޮމޮޑޭޝަން ބްލޮކެއްގައި ރޯވެ 5 މީހުން މަރުވުން، ވިސްނާލުން މުހިއްމު ކަމެއް !
2 ގަޑިއިރު ކުރިން

މަސްތުވާތަކެތީގެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
2 ގަޑިއިރު ކުރިން

އަލިފާނުގެ ހާދިސާގައި ހާލުދެރަވެ މާލެ ގެނައި 2 މީހުންނަށް ވެންޓިލޭޓަރުގައި ފަރުވާ ދެނީ
2 ގަޑިއިރު ކުރިން

ގަވާއިދާ ހިލާފުވި ބިދޭސީންތަކެއް ހައްޔަރުކޮށްފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)