
އަލިފާނުގެ ހާދިސާގައި ހާލުދެރަވެ މާލެ ގެނައި 2 މީހުންނަށް ވެންޓިލޭޓަރުގައި ފަރުވާ ދެނީ

މުޙައްމަދު ފަޟްލޫން - 13 މާރިޗު 2026 - 17:49
އދ. ދިގުރަށުގައި އެކޮމޮޑޭޝަން ބްލޮކްގައި ހިނގި އަލިފާނުގެ ހާދިސާގައި ބޮޑަށް ފިހިގެން މާލެ ގެނަ ދެމީހުންނަށްެ ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފިއެވެ.
މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭ 2:00 ހާއިރުއެވެ.
އައިޖީއެމްއެޗް އިން ބުނީ އަލިފާނުގެ ހާދިސާގައި ހާލު ދެރަވި ދެ މީހުންނަށްވެސް ފަރުވާ ދެމުން އަންނަނީ އެ ހޮސްޕިޓަލްގެ އައިސީޔޫގެ ވެންޓިލޭޓަރުގައި ކަމަށެވެ.
ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި އަށް މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން އެރަށު ސިއްހީ މަރުކަޒަށް ވަނީ ގެންގޮސްފައެވެ. އަދި މި ހާދިސާގައި އަނިޔާ ލިބުނު މީހުންގެ ތެރެއިން ފަސް މީހަކު ވަނީ ނިޔާވެފައެވެ.
މި ހާދިސާގެ ތަހުގީގަށް މާލެ އިން ހާއްސަ ޓީމެއް އެރަށަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަހުގީގު ޓީމުގައި މެޑިކަލް ޑޮކްޓަރެއްވެސް ހިމެނެއެވެ.
ގުޅުން ހުރި ޙަބަރުތައް

އެކޮމޮޑޭޝަން ބްލޮކެއްގައި ރޯވެ 5 މީހުން މަރުވުން، ވިސްނާލުން މުހިއްމު ކަމެއް !
2 ގަޑިއިރު ކުރިން

އަލިފާނުގެ ހާދިސާގައި ބިދޭސީންތަކެއް މަރުވި މައްސަލަ އެޗްއާރުސީއެމްގެ ސަމާލުކަމަށް!
2 ގަޑިއިރު ކުރިން

މަސްތުވާތަކެތީގެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
2 ގަޑިއިރު ކުރިން

ގަވާއިދާ ހިލާފުވި ބިދޭސީންތަކެއް ހައްޔަރުކޮށްފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)