
މަސްތުވާތަކެތީގެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

މުޙައްމަދު ފަޟްލޫން - 13 މާރިޗު 2026 - 17:50
މަސްތުވާތަކެތި ގެންގުޅެ، ބޭނުންކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 2 އިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މާލެ، މ. ލުބޯމާގެ، އަޙްމަދު ޙަމްދާން އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ރޭ ހުޅުމާލެ ފޭސް 2 ގައި ފުލުހުން ޕެޓްރޯލް ކުރަމުން ދިޔަ ވަގުތު، އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރުމަށްފަހުގައެވެ.
ފުލުހުން އޭނާ ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއި ސެލޯފިން ކޮޅެއް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައާ ގުޅިގެން ޙަމްދާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

އެކޮމޮޑޭޝަން ބްލޮކެއްގައި ރޯވެ 5 މީހުން މަރުވުން، ވިސްނާލުން މުހިއްމު ކަމެއް !
2 ގަޑިއިރު ކުރިން

އަލިފާނުގެ ހާދިސާގައި ބިދޭސީންތަކެއް މަރުވި މައްސަލަ އެޗްއާރުސީއެމްގެ ސަމާލުކަމަށް!
2 ގަޑިއިރު ކުރިން

އަލިފާނުގެ ހާދިސާގައި ހާލުދެރަވެ މާލެ ގެނައި 2 މީހުންނަށް ވެންޓިލޭޓަރުގައި ފަރުވާ ދެނީ
2 ގަޑިއިރު ކުރިން

ގަވާއިދާ ހިލާފުވި ބިދޭސީންތަކެއް ހައްޔަރުކޮށްފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)