
ގަވާއިދާ ހިލާފުވި ބިދޭސީންތަކެއް ހައްޔަރުކޮށްފި

މުޙައްމަދު ފަޟްލޫން - 13 މާރިޗު 2026 - 17:49
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް ހިންގާ ހާއްސަ އޮޕަރޭޝަންގެ ތެރެއިން، ހުޅުމާލެއިން 59 ބިދޭސީއަކު ބަލައި ފާސްކޮށް، އޭގެ ތެރެއިން ތިން މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މާލެ އާއި ހުޅުމާލޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ދެނެގަތުމުގެ ގޮތުން ހިންގާ އޮޕަރޭޝަނުގައި ޖުމްލަ 59 މީހަކު ޗެކްކޮށްފައިވާއިރު، ގަވާއިދާ ހިލާފަށް އުޅޭ ކަމަށް ފާހަގަވީ ތިން ބިދޭސީއަކު ވަނީ އިދާރީ ބެލުމުގެ ދަށަށް ގެނެވިފައެވެ.
ވޭތުވެދިޔަ އަހަރާއި މި އަހަރުގެ ތެރޭގައި އިމިގްރޭޝަނުން ސިލްސިލާކޮށް ކުރިއަށްގެންދާ ރެއިޑް އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ބިދޭސީން ވަނީ އަތުލައިގަނެފައެވެ. އަދި މިގޮތަށް ހިފަހައްޓާ ފަރާތްތައް ޑިޕޯޓޭޝަން ސެންޓަރުގައި ބައިތިއްބައިގެން، އަނބުރާ ގައުމަށް ފޮނުވާލުމުގެ އިޖުރާއަތްތައް ފުރިހަމަކުރަމުންދާ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.
މި އޮޕަރޭޝަނަކީ ރާއްޖޭގައި ގިނަ ދުވަސްތަކެއް ވަންދެން ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، މަސައްކަތް ކުރަމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް މިސަރުކާރުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

އެކޮމޮޑޭޝަން ބްލޮކެއްގައި ރޯވެ 5 މީހުން މަރުވުން، ވިސްނާލުން މުހިއްމު ކަމެއް !
2 ގަޑިއިރު ކުރިން

އަލިފާނުގެ ހާދިސާގައި ބިދޭސީންތަކެއް މަރުވި މައްސަލަ އެޗްއާރުސީއެމްގެ ސަމާލުކަމަށް!
2 ގަޑިއިރު ކުރިން

މަސްތުވާތަކެތީގެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
2 ގަޑިއިރު ކުރިން

އަލިފާނުގެ ހާދިސާގައި ހާލުދެރަވެ މާލެ ގެނައި 2 މީހުންނަށް ވެންޓިލޭޓަރުގައި ފަރުވާ ދެނީ
2 ގަޑިއިރު ކުރިން


.gif&w=3840&q=75)