logo

ހުރްމުޛް ކަނޑުއޮޅި ހުރަސްކުރުމުގެ ހުއްދަ އިންޑިޔާގެ ދެ އުޅަނދަކަށް

profile

ރިޟްވާން މޫސާ - 14 މާރިޗު 2026 - 14:51

އީރާނުން ދެމުންދާ ރައްދު ޙަމަލާތަކުގެ ތެރެއިން ބަންދުކޮށްފައި އޮތް ހުރްމުޛް ކަނޑުއޮޅިން އިންޑިޔާގެ ގޭސް އުފުލާ ދެ އާގުބޯޓު ދަތުރުކުރުގެ ހުއްދަ ދީފިއެވެ.

https://wamco.com.mv/

އިންޑިޔާގެ ދިދައިގައި ދަތުރު ކުރާ 'ޝިވާލިކް' އަދި 'ނަންދާ ދޭވީ'ގެ ނަން ދީފައިވާ ދެ އުޅަނދަށް ހުރްމުޛް ކަނޑުއޮޅި ހުރަސްކުރުމުގެ ހުއްދަ އީރާނުން ދީފައި ވަނީ، ޚާއްޞަ އިސްތިސްނާއެއްގެ ދަށުން ކަމުގައެވެ.

އިންޑިޔާގެ ދައުލަތުގެ ޝިޕިންގ ކުންފުނި (އެސްސީއައި)އިން އޮޕަރޭޓު ކުރާ 'ޝިވާލިކް' ހުރްމުޛް ކަނޑުއޮޅި ހުރަސްކޮށްފައި ވަނީ އިންޑިޔާގެ ކަނޑުގެ ސިފައިންގެ މަނަވަރެއްގެ ޙިމާޔަތުގައެވެ. އަދި، ކުރިއަށް އޮތް މަދު ގަޑިއިރުތަކެއްގެ ތެެރޭގައި ދެވަނަ އުޅަނދު 'ނަންދާ ދޭވީ' ކަނޑުއޮޅި ހުރަސްކުރާނެ ކަމަށް ބެލެވެއެވެ.

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާނާ ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާތަކަށްފަހު، އީރާނުން ވަނީ އިންޑިޔާގެ އުޅަނދުފަހަރަށް ލުއި ދީފައެވެ. މީގެ އިތުރުން، ހަނގުރާމަ ފެށި ފަށުން އިންޑިޔާއިން ވަނީ އީރާންގެ އަސްކަރީ މަނަވަރުތަކެއްގައި ޚިދުމަތް ކުރާ 183 ފަޅުވެރިއަކަށް ޙިމާޔަތް ދީފައެވެ

އިންޑިޔާގައި ބޭނުންކުރާ ކައްކާ ގޭހުގެ %60 އެތެރެ ކުރަނީ ބޭރު ޤައުމުތަކުންނެވެ. އޭގެ ތެރެއިން %90 ގަންނަނީ މެދުއިރުމަތީގެ ޤައުމުތަކުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk