
އީރާނުގެ އާސާރީ ބިނާތަކަށް ބޮޑު ގެއްލުންތަކެއް!

ރިޟްވާން މޫސާ - 14 މާރިޗު 2026 - 14:50
މެދުއިރުމަތީގައި ފަށާފައިވާ ހަނގުރާމަ އާއި ގުޅިގެން އީރާނުގެ 56 އާސާރީ އަދި ތަރިކައިގެ މުޙިންމު ބިނާތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާކަމަށް އެ ޤައުމުގެ ސަޤާފަތާބެހޭ ވުޒާރާއިން ބުނެފިއެވެ.
ބޮޑެތި ގެއްލުންތައް ލިބިފައިވާ ތަންތަނުގެ ތެރޭގައި ދާރުލްއާސާރުތަކާއި ތާރީޚީ ބިނާތައް ހިމެނޭއިރު، އެންމެ ބޮޑަށް ގެއްލުންތައް ދީފައިވަނީ، ވެރިރަށް ތެހެރާނުގައި ހުރި ބިނާތަކަށް ކަމަށް އެ ވުޒާރާއިން ބުންޏެވެ. މިގޮތުން ތެހެރާނުގައި ހުރި 19 ބިނާއަކަށް ގެއްލުން ލިބިފައިވާއިރު، ކުރުދިސްތާނު ސަރަޙައްދުން އިތުރު 12 ތަނަކަށް ވަނީ ގެއްލުންތައް ލިބިފައެވެ.
ގެއްލުން ލިބުނު ތަންތަނުގެ ތެރޭގައި ތާރީޚީ "ގުލިސްތާން" ޕެލަސް އާއި ތެހްރާންގެ މަޝްޙޫރު ގްރޭންޑް ބާޒާރު ހިމެނެއެވެ. 16 ވަނަ ގަރުނުގެ ތާރީޚެއް އޮތް ގުލިސްތާން ޕެލަސްއަކީ ގާޖާރު ދަރިކޮޅުގެ ރަސްކަމުގެ ގަނޑުވަރާއި ދަރުބާރުގެ ގޮތުގައި ބޭނުންކުރި މުހިންމު ބިނާއެކެވެ.
އާސާރީ ބިނާތަކަށް ގެއްލުން ދެމުންދާތީ، އދގެ ތަޢުލީމާއި، ސައިންސާއި ސަގާފީ ތަރިކައާ ބެހޭ އިދާރާ (ޔުނެސްކޯ)އިން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.
އީރާނުން ވަނީ ސަގާފީ ބިނާތަކަށް އަމާޒުކޮށް ޙަމަލާދިނުން ހުއްޓުވަން މަސައްކަތް ކުރުމަށް ޔުނެސްކޯގެ ކިބައިން ރަސްމީކޮށް އެދިފައެވެ.






.gif&w=3840&q=75)