logo

ބާޒާރުގައި ކަރާގެ އަގު ހެޔޮވެއްޖެ

profile

ރިޟްވާން މޫސާ - 14 މާރިޗު 2026 - 09:38

މާލޭގެ ބާޒާރުގައި ކަރާކިލޯއެއްގެ އަގު ދަށްވަމުން އަންނަ ކަމަށް ވިޔަފާރި ކުރާ ފަރާތްތަކުން ބުނެފި އެވެ.

https://wamco.com.mv/

ކޮންމެ ރަމަޟާން މަހެއްގައި ވެސް ދިވެހިންގެ ތެރޭގައި އެންމެ މަގުބޫލު އެްްޗެއްގެ ގޮތުގައި ކަރާ ވަނީ ވެފަ އެވެ.

ރަމަޟާން މަސް ފެށިގެން އައި އިރު ކަރަލުގެ އަގު ވަނީ 35 ރުފިޔާ އާއި 40 ރުފިޔާ އާއި ދެމެދުގެ އަގުތަކަކަށެވެ. ނަމަވެސް މިހާރު މި ވަނީ ކަރަލުގެ އަގު ތިރިވާން ފަށާފަ އެވެ.

ބާޒާރުގައި މިއަދު ކަރަލުގެ އަގު ހުރީ 26 ރުފިޔާ އާއި 30 ރުފިޔާ އާއި ދެމެދުގެ އަގުތަކެއްގަ އެވެ.

ކަރާގެ އިތުރުން ފަނިގިރުމަށް ބޭނުންކުރާ ކުރުނބަލުގެ އަގު މިއަދުގެ ބާޒާރުގައި ހުރީ 30 ރުފިޔާއާއި 40 ރުފިޔާއާއި ދެމެދުގެ އަގެއްގައެވެ. އަދި ކުރުނބާ ފުޅިއެއްގެ އަގު ހުރީ 120 ރުފިޔާގަވެ. މި ރޯދަމަސް ފެށުނުއިރު ބާޒާރުގައި ކުރުނބާގެ އަގު ހުރީ، 50 ރުފިޔާއާއި 60 ރުފިޔާއާ ދެމެދުގައި ހިފެހެއްޓިފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk