
3 އިންތިހާބަށް ވޯޓުކަރުދާސް ތައްޔާރުކުރުން ކުރިއަށް ގެންދަނީ

ރިޟްވާން މޫސާ - 14 މާރިޗު 2026 - 09:17
އަންނަ މަހު ބާއްވާ 3 އިންތިހާބަށް ބޭނުންވާ ވޯޓު ކަރުދާސްތައް ޗާޕުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.
އަންނަ މަހުގައި ބާއްވާ ތިން އިންތިހާބަކީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ އިތުރުން ރާއްޖޭގެ ރައީސަކު ހޮވުމަށް ބާއްވާ އިންތިހާބާއި، ރައްޔިތިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ބާއްވާ އިންތިހާބެކެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގައި 294،876 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބުގެންވެ އެވެ.
އިންތިޚާބުގައި 3 ވޯޓެއް ވޯޓުލުމަށް ޖުމްލަ 588 ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.
މާލޭގައި 180 ފޮށި، ހުޅުމާލޭގައި 51 ފޮށި، ވިލިމާލޭގައި 9 ފޮށި އަދި އަތޮޅުތަކުގައި 322 ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. މިފަހަރު ރިސޯޓުތަކުގައި 21 ވޯޓު ފޮއްޓާއި ޖަލުތަކުގައި 5 ވޯޓު ފޮށި ބެހެއްޓުމަށްވެސް އެކޮމިޝަނުން ވަނީ ނިންމާފައެވެ.
ގުޅުން ހުރި ޙަބަރުތައް
.jpeg&w=3840&q=75)
މާތްވެގެންވާ މައްކާއަށް އަމާޒުކޮށް ހޫޘީން ދޭން އުޅުނު ޑްރޯން ހަމަލާ ރައީސް ކުށްވެރިކުރައްވައިފި
7 ގަޑިއިރު ކުރިން

ތުރުކީވިލާތުގެ އޭކޭ ޕާޓީގެ ވަފުދެއް، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
8 ގަޑިއިރު ކުރިން

މޯލްޑިވްސް 2.0 ކުރިއަރައި ޑޮމޮކްރެސީގެ ރީތި އުސޫލާ އެއްގޮތަށް ފަސޭހަ ވެއްޖެ: ފަލާހު
9 ގަޑިއިރު ކުރިން

ޕީއެންސީ ކޮންގރެސް ވަރަށް ކާމިޔާބު، ދެން އޮތީ ދެވަނަ ދައުރަކަށް ރައީސް މުއިއްޒު ހޮވައިދިނުން: އަދުރޭ
9 ގަޑިއިރު ކުރިން


