logo

ހިތަދޫން މަރުވެފައި އޮއްވާ ފެނުނީ އޮސްޓްރޭލިއާ މީހެއް: ފުލުހުން

profile

ރިޟްވާން މޫސާ - 14 މާރިޗު 2026 - 09:17

އައްޑޫ ސިޓީގެ ހިތަދޫ ފަތާ ޓްރެކް ސަރަހައްދުގެ މޫދު ތެރެއިން މަރުވެފައި އޮއްވާ ފެނުނު މީހާއަކީ އޮސްޓްރޭލިއާގެ ރައްޔިތެއްކަން ދިވެހި ފުލުހުންގެ ޚިދުމަތުން ކަށަވަރުކޮށްދީފިއެވެ.

https://wamco.com.mv/

އިއްޔެގެ ހަވީރުގެ ވަގުތެއްގައި އެ ސަރަހައްދުން ފެނުނު މަރުވެފައި އޮތް މީހެއްގެ ހަށިގަނޑަކީ އުމުރުން 60 އަހަރުގެ ޑެނިއަލް ޑީ ޖިއޮވީން ކިޔާ މީހެއްގެ ހަށިގަނޑު ކަމަށް ފުލުހުން ވަނީ މައުލޫމާތުދީފަ އެވެ.

އޭނާއަކީ ވޯކް ވިސާގެ ދަށުން ދިވެހިރާއްޖޭގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީއެއްކަން ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ހިތަދޫ ފަތާ ޓްރެކް ސަރަހައްދުން މީހަކު މަރުވެފައި އޮއްވާ ފެނިގެން އާންމުންގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 16:41 ހާއިރުއެވެ. އެ މައުލޫމާތު ލިބުމާއެކު ފުލުހުން އެ ސަރަހައްދަށް ގޮސް، އޭނާގެ ހަށިގަނޑު ވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މަރުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. އޭނާ މަރުވީ މޫދަށް އެރި އުޅުމުގެ ތެރޭގައި ދިމާވި ހާދިސާއަކުން ކަމެއް ނުވަތަ އެހެން ސަބަބަކާ ހުރެ ކަމެއް އަދި މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk